ގޫގުލް ފޮޓޯސް އެޕް 10 ބިލިއަން ފަހަރު ޑައުންލޯޑް ކޮށްފި
ގޫގުލް ފޮޓޯސް އެޕް ޕްލޭ ސްޓޯރުން 10 ބިލިއަން ފަހަރު ޑައުންލޯޑް ކުރެވިފައިވާކަމަށް ގޫގުލްއިން ހާމަކޮށްފިއެވެ. 2015 ވަނަ އަހަރު ތަޢާރަފުކުރެވުނު މި އެޕަކީ ގިނަ އެންޑްރޮއިޑް ފޯނުތަކުގައި ޑިފޯލްޓް މީޑިއާ މެނޭޖަރ އަދި ކްލައުޑް ސްޓޯރޭޖް ޙައްލެއްގެ ގޮތުގައި ބޭނުންކުރެވޭ އެޕެކެވެ. ނަމަވެސް، އެންޑްރޮއިޑް ފޯނުތަކުގައި ކުރިން އިންސްޓޯލް ކުރެވިފައި ހުންނަ ވަރޝަންތައް މި ޖުމްލަ އަދަދުގައި ހިމެނޭކަން ނުވަތަ ނޫންކަން ސާފެއް ނުވެއެވެ. ގޫގުލް ފޮޓޯސް އެޕް ވަނީ 2020 ވަނަ އަހަރު 5 […]