މާލޭގެ ސްޕާއަކުން ދިވެއްސަކާއި ތައިލެންޑް ތިން އަންހެނުން ހައްޔަރުކޮށްފި
ހަށިވިއްކާކަމުގެ ތުހުމަތުގައި މާލޭގެ ސްޕާއަކުން ދިވެއްސަކާއި ތައިލެންޑް ތިން އަންހެނުން ހައްޔަރުކޮށްފިއެވެ. ފުލުހުން ރޭގައި ބުނީ މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއްގައި ބިދޭސީ އަންހެނުންތަކެއް ހަށިވިއްކާކަމަށް އެ އިދާރާއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި މައުލޫމާތާއި ގުޅިގެން ފުލުހުން ރޭ ހިނގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލާފާސްކޮށްފައިވާކަމަށް ފުލުހުންބުންޏެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ ދިވެހި ފިރިހެނަކާއި ތައިލެނ...