100،000 މުވައްޒަފުން އޭއައިއަށް އަހުލުވެރިކުރަން ޕޯޗުގަލްގައި ޤައުމީ ހަރަކާތެއް
ޕޯޗުގަލްގެ އެކި ކަންކޮޅުތަކުން 100،000 މުވައްޒަފުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް އަހުލުވެރިކުރުމަށްޓަކައި އެގައުމުގެ ސަރުކާރުން ޚާއްޞަ ޤައުމީ ހަރަކާތެއް ފެށުމަށް ނިންމައިފިއެވެ. މި މަޝްރޫޢުގެ ފެށުމެއްގެ ގޮތުން، ކުންފުނިތަކުން އޭއައި ބޭނުންކުރުން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން އަންނަ މަހު ލެއިރިއާ ސަރަޙައްދުގައި ޕައިލެޓް މަޝްރޫޢެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ޕޯޗުގާލްގެ އިޤްތިޞާދީ ވަޒީރު ކާސްޓްރޯ އަލްމެއިޑާ މަޖިލީހުގެ އިޤްތިޞާދީ އަދި ސަރަޙައްދީ އެއްބައިވަންތަކަމާ ބެހޭ ކޮމިޓީގައި...