ހއ. އުލިގަމުގައި ބޭއްވުނު ފަހާކޯސް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފި
ހއ. އުލިގަމުގައި އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ބޭއްވުނު ފަހާކޯސް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ. އުލިގަމު ކައުންސިލް ސެކްރެޓޭރިއެޓުން މަޢުލޫމާތު ދެއްވިގޮތުގައި، މި ކޯހަކީ ހއ. އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އުލިގަމު ކައުންސިލާއި ޚިދުމަތް ޖަމިއްޔާއާއި ހޯޕް ޖަމިއްޔާއާއި ޓޮޕްސީ ޓްރެއިނިންގ ސެންޓަރާއި އަދި ތުރުކީގެ އުންމަޖައްޔާއާ ގުޅިގެން ބޭއްވުނު ކޯހެކެވެ. މި ކޯހުގައި ޖުމްލަ 60 އަންހެން ކަނބަލުން ބައިވެރިވެފައިވާކަމަށް މަޢުލޫމާތުލިބެ އެވެ. ކޯހުގެ ބައި...