އެންޑްރިކް، ރެއާލް މެޑްރިޑް ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލައިފި
ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކް ރެއާލް މެޑްރިޑް ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ތައާރަފްކޮށްފިއެވެ. އުމުރުން 18 އަހަރުގެ އެންޑްރިކް ރެއާލްގެ ސަންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައި ރަސްމީކޮށް ތައާރަފްކޮށްފައި ވަނީ މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ބްރެޒިލްގެ ޕަލްމެއިރާސްއަށް ކުޅެމުން އައި އެންޑްރިކްގެ ސޮއި ރެއާލުން ހޯދާފައި ވަނީ 2022 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރުން އެންމެ 16 އަހަރެވެ. ފާއިތުވި ދެ އަހަރު ޕަލްމެއިރާސްއަށް ކުޅުމަށްފަހު އުމުރުން 18 އަހަރު ފުރުމުން ރ...