މިސްކިތަކަށް ހަމަލާދީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފި
އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ މިސްކިތަކަށް ހަމަލާދީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފިއެވެ. އިސްރާއީލުގެ ސިފައިންގެ މި ހަމަލާގައި އީރާނުގެ އެހީތެރިކަން ލިބިގެން ހިންގާ އިސްލާމިކް ޖިހާދު ޖަމާޢަތުގެ ލޯކަލް ކޮމާންޑަރަކާއި އިތުރު 4 މީހަކު ވަނީ ޝަހީދުވެފައެވެ. މި ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހު ތުލްކަރަމް ސިޓީގެ މިސްކިތެއްގައި ހިނގި ހަމަލާ ބަދަލު ކުރުމެއްގެތެރެއިންނެވެ. އިސްރާއީލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަރާލެވުނު ކޮމާންޑަރަކީ މުޙައްމަދު ޖާބިރު ނ...