އަތުހަރަށް އައިސީޔޫގައި ފަރުވާދިނުމަށް މިހާތަނަށް އެއްވެސް ޑޮކްޓަރަކު ލަފާދީފައެއްނުވޭ: ފުލުހުން
މާލޭގައި އަންހެނަކު ރަހީނުކޮށް، ވަޅިން ބިރުދައްކައި ފުލުހުންނަށް އިންޒާރު ދިން އާދަމް އަތުހަރަށް އައިސީޔޫގައި ފަރުވާދިނުމަށް މިހާތަނަށް އެއްވެސް ޑޮކްޓަރަކު ލަފާދީފައެއްނުވާކަމަށް ފުލުހުން ބުނެފިއެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މި ހާދިސާގައި އަތުހަރުގެ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި، ރަހީނު ކުރުމުން އަންހެންމީހާ ސަލާމަތް ކުރަން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރޭގައި އަހުތަރަށް އަނިޔާވެގެން އެރޭ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަރުވާދީފައެވެ. އޭޑީކޭގައި ފަރުވާދިނުމަށްފަހު އޭނާ ދޫކޮށް...