ސާހިލް ބޭނުންވަނީ ކޯޓުގައި އަމިއްލައަށް ޖަވާބުދާރީވާން
މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާ ލިބޭ ސާހިލް އަލީ ގާނޫނީ ވަކީލެއްގެ އެހީއެއް ނެތި ކޯޓުގައި އަމިއްލައަށް ދައުވާއަށް ޖަވާބުދާރީވާން އޭނާ ނިންމައިފި އެވެ. މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް, 2022 ގައި ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރާއިރު، އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ. […]