އެމެރިކާ ސަރުކާރަށް އޮޅުމަކުން 239 މިލިޔަން ޑޮލަރު ތާލިބާނުންނަށް ޓްރާންސްފަރ ކުރެވިއްޖެ
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ވެޓިން ޕްރޮސީޖަރުތައް ރަނގަޅަށް މޮނިޓަރ ކުރެވެމުން ނުދިޔުމުގެ ސަބަބުން، ޓެރަރިޒަމާ ދެކޮޅަށް އަމާޒުކޮށްގެން ހިންގާ އެހީގެ ގޮތުގައި މަދުވެގެން 239 މިލިއަން ޑޮލަރު ތާލިބާނުންނަށް ޓްރާންސްފަރ ކުރެވިފައިވާކަން ހާމަވެއްޖެއެވެ. ސަރުކާރުގެ ވޮޗްޑޮގް، ސްޕެޝަލް އިންސްޕެކްޓަރ ޖެނެރަލް ފޯ އަފްޣާނިސްތާން ރިކޮންސްޓްރަކްޝަން (ސިގާރ) އިން 2024 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މަދުވެގެން 29 ގްރާންޓެއް އޮޅުމަކުން ތާލިބާނުންނަށް ލިބިފައިވާ ކަމުގައެވެ. މި ފައިސާ ތާލިބާނު...