އެމެރިކާގައި ކުޑަ ދެ މަތިންދާބޯޓު ޖެހި ދެމީހަކު މަރުވެއްޖެ
އެމެރިކާގެ ދެކުނު އެރިޒޯނާގެ މަރާނާ ރީޖަނަލް އެއަރޕޯޓްގައި ބުދަ ދުވަހު ހެނދުނު ކުޑަ ދެ މަތިންދާބޯޓު ޖެހި ހިނގި ޙާދިޘާގައި ދެމީހަކު މަރުވެއްޖެއެވެ. އެމެރިކާގެ ޤައުމީ ދަތުރުފަތުރު ސަލާމަތީ ބޯޑުން (އެންޓީއެސްބީ) ހާމަކުރި ގޮތުގައި ކޮންމެ މަތިންދާބޯޓެއްގައިވެސް ދެ މީހުން ތިބެއެވެ. މަރާނާ ޕޮލިސް ޑިޕާޓްމަންޓުން ކަށަވަރުކޮށްދިން ގޮތުގައި މަރުވި ދެމީހުންނަކީ އެތަނުން އެއް މަތިންދާބޯޓުގައި ތިބި މީހުންނެވެ. އަނެއް މަތިންދާބޯޓުގައި ތިބި ދެމީހުންނަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ. އެއް މަތިންދާބޯޓަށް...