މާލެ ސަރަޙައްދުގައި މަސްދަޅު ބަހަން 13 ތަނެއް ހަމަޖައްސައިފި
ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ބެހުމަށް މާލެ ސަރަޙައްދުގައި އިތުރު ތަންތަން ހަމަޖައްސައި މާދަމާއިން ފެށިގެން ޖުމްލަ 13 ތަނަކުން މަސްދަޅު ދޫކުރާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިއަދު ވިދާޅުވި ގޮތުގައި، މާދަމާ (ހޮނިހިރު) ރޭ ފެށިގެން މާލޭގައި، ގަލޮޅު ދަނޑުގެ 4 ފަރާތުގެ ސިޑިބަރި ކައިރިން، ސޯޝަލް ސެންޓަރު، ހެންވޭރު ދަނޑު އަދި ހުޅުމާލޭ ފޭސް 1 އާއި 2 […]