75 ރަށެއްގެ ކުނި މެނޭޖްކުރާ ސެންޓަރުތައް ތަރައްޤީކޮށް، އަޕްގްރޭޑްކުރަން ހަވާލުކޮށްފި
ރާއްޖޭގެ 75 ރަށެއްގެ ކުނި މެނޭޖްކުރާ ސެންޓަރުތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ، ފެނަކަ އަދި އާރްޑީސީއާއެވެ. މި މަޝްރޫޢުގެ ދަށުން އެމްޓީސީސީން 26 ރަށުގައި، ފެނަކައިން 25 ރަށުގައި އަދި އާރްޑީސީން 24 ރަށުގައި ހުރި ކުނިކޮށީގެ މަސައްކަތް ކުރުމަށް ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން، މިހާރު ހުރި ބައެއް މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް މި ކުންފުނިތަކާ ހަވާލުކުރެވިފައިވެއެވެ. މި މަޝްރޫޢ...