މެސެޑޯނިއާގެ ނައިޓްކްލަބެއްގައި އަލިފާން ރޯވެ 59 މަރު
އުތުރު މެސެޑޯނިއާގެ ކޮޗާނީ ސިޓީގައި ހުރި ޕަލްސް ނައިޓްކްލަބުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 59 މީހުން މަރުވެ، 150 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެކަމަށް އެ ގައުމުގެ އިންޓީރިއަރ މިނިސްޓަރ ޕާންޗެ ޓޮޝްކޮވްސްކީ ހާމަކުރައްވައިފިއެވެ. މި ހާދިސާ ހިނގީ އާދީއްތަ ދުވަހު ޑީއެންކޭ ބޭންޑުގެ ކޮންސަރޓެއް ކުރިއަށްދަނިކޮށެވެ. އެ ވަގުތު ކްލަބުގެ ތެރޭގައި ޕައިރޯޓެކްނިކްސް ބޭނުންކުރަމުން ދިޔައެވެ. އިންޓީރިއަރ މިނިސްޓަރ ވިދާޅުވި ގޮތުގައި، މި ޕައިރޯޓެކްނިކްސްގެ އަލިފާން ކްލަބުގެ ފުރާޅުގަ...