Skip to main content

Hussain Shahudhee

Editor
🌐 Network-Wide Bureau
703 Stories
97 Reads

Published on ތިލަދުން (Thiladhun) by Hussain Shahudhee

"ޗިލްޑްރަންސް މެންގްރޫވް އާރޓް ކަލަންޑަރ" މުބާރާތުގެ 1،2،3 ވަނާގައިވެސް ނޭކުރެންދޫ ސްކޫލްގެ ދަރިވަރުން
Thiladhunmathi News

"ޗިލްޑްރަންސް މެންގްރޫވް އާރޓް ކަލަންޑަރ" މުބާރާތުގެ 1،2،3 ވަނާގައިވެސް ނޭކުރެންދޫ ސްކޫލްގެ ދަރިވަރުން

މެގްރޫވް ދިރާސާ ކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)ގެ ފަރާތުން މުޅި ދުނިޔޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލި އެ ޖަމްޢިއްޔާގެ 19 ވަނަ “ޗިލްޑްރަންސް މެންގްރޫވް އާރޓް ކަލަންޑަރ ކޮންޓެސްޓް” ގެ 1،2،3 ވަނާގައި ވެސް ހދ. ނޭކުރެންދޫ ސްކޫލްގެ ދަރިވަރުން ހިމެނިއްޖެއެވެ. މުޅިދުނިޔޭގެ ހުރިހާ ސްކޫލަކަށްވެސް ބައިވެރިވެވޭނެހެން އާންމުކޮށް ހުޅުވާލި މި މުބާރާތަކީ ކަނޑޫފާ، ކުޅި އަދި ޗަސްބިންތަކާއި ގުޅޭގޮތުން ހޭލުންތެރި ކުރުވުމަށާއި، އެތަންތަނުގެ މުހިންމުކަން އަނ...

ހުޅުމާލޭ "ދަ ކެޗް 78'' ރެސްޓޯރެންޓަށް ކޮންމެހެން ވެސް ގޮސްލަންވާނެ
Business

ހުޅުމާލޭ "ދަ ކެޗް 78'' ރެސްޓޯރެންޓަށް ކޮންމެހެން ވެސް ގޮސްލަންވާނެ

ހިތްފަސޭހަ މާހައުލެއްގައި ތިބެ ރަހަމީރު ކެއުމުގެ އެކި ބާވަތްތަކަކަށް އިންސާފު ކޮށްލައި، ކޮފީ ބޯލަން ހުޅުމާލޭ ”ދަ ކެޗް 78” ރެސްޓޯރެންޓަށް ކޮންމެހެން ވެސް ގޮސްލަންވާނެއެވެ. ހުޅުމާލޭ ނިރޮޅު މަގު 19 ނަމްބަރު ގޯޅި ކަންމަތީ، ޕްލޮޓް ނަންބަރު 11049ގައި ހުންނަ، ”އެޗް78 ހޮޓެލް”ގައި ހުންނަ މި ރެސްޓޯރެންޓަކީ ހިތްގައިމު، ޚިދުމަތް ފުރިހަމަ ރެސްޓޯރެންޓެކެވެ. މި ރެސްޓޯރެންޓުން ލިބޭ ކޮލިޓީ ކޮފީގެ އިތުރުން މިތަނުން ލިބޭ ކޮންމެ ކެއިން ބުއިމުގެ ބާވަތެއް ވެސް އެހާމެ ކޮލިޓީ ވާނެއެވެ. […]

ހޯރަފުށީ އެއާޕޯޓު: އިހަވަންދިއްޕޮޅަށް އައު ދިރުމެއް
Thiladhunmathi News

ހޯރަފުށީ އެއާޕޯޓު: އިހަވަންދިއްޕޮޅަށް އައު ދިރުމެއް

ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރި އެއާޕޯޓް މިއަދު ހުޅުވިގެން ދިޔައިރު، މި އެއާޕޯޓު ވެގެން ދާނީ އިހަވަންދިއްޕޮޅަށް އައު ދިރުމެއް ގެނުވާނޭ އެއާ ޕޯޓަކަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު، ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައެވެ. އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް އެ ތާރީޚީ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާކަމަށް ވުމީ، އެ ރައްޔިތުންނަށް ލިބުނު އިތުރު ފަޚުރަކާއި ޝަރަފެކެވެ. މިއަދު ހޯރަފުށީގައި ހުޅުވިގެންދިޔަ އެއާޕޯޓުގަ...

ސަރުކާރަށް 2 އަހަރު: ހދ. ރައްޔިތުން އަދިވެސް ފަތުރުވެރިކަމުގެ ފުރުޞަތުތަކުގެ އިންތިޒާރުގައި
Thiladhunmathi News

ސަރުކާރަށް 2 އަހަރު: ހދ. ރައްޔިތުން އަދިވެސް ފަތުރުވެރިކަމުގެ ފުރުޞަތުތަކުގެ އިންތިޒާރުގައި

އައު ސަރުކާރަށް މިއަދު 2 އަހަރު ފުރުނީއެވެ. މިދުވަހާއި ހދ. އަތޮޅުގެ ރައްޔިތުން ބައްދަލުކުރީ އެ ރައްޔިތުން، އެ ރައްޔިތުންގެ އަތޮޅުން ލިބުމަށް އެދޭ ފަތުރުވެރިކަމުގެ އެކަށޭނަ ފުރުޞަތުތަތަކުގެ އިންތިޒާރުގައި ތިބެއެވެ. ހދ. އަތޮޅުގައި ރަނގަޅު ފަތުރުވެރިކަމުގެ ފުރުޞަތުތަކުން ރަނގަޅު ނަފާ ރައްޔިތުންގެ ޖީބަށް ނުލިބި އޮތުމަކީ ފަހަރެއްގައި ވެސް މި ސަރުކާރުގެ ބޮލުގައި އަޅުވަން އުޅޭ ތުހުމަތެއް ނޫނެވެ. ނަމަވެސް ރައްޔިތުންގެ އުންމީދު އަބަދުވެސް ގުޅިފައިވައި އޮންނާނީ، އެއިރެއްގައި އުފެދިފައި އޮންނަ ސަރުކާރާއި މ...

ކުމުންދޫ ކަނޑޫފާވެސް މަރުވަމުން ދާކަމުގެ ކަންބޮޑުވުން ފާޅުކޮށްފި
Thiladhunmathi News

ކުމުންދޫ ކަނޑޫފާވެސް މަރުވަމުން ދާކަމުގެ ކަންބޮޑުވުން ފާޅުކޮށްފި

ހދ. ކުމުންދޫގެ ކަނޑޫފާވެސް މަރުވާން ފަށާފައިވާ ކަމުގެ ކަންބޮޑުވުން، ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ފާޅުކުރަށްވައިފިއެވެ. އަމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުތުރުގެ ކަނޑޫފާތަކަށް ދިމާވެފައިވާ ކަނޑޫގަސް މަރުވުމުގެ މައްސަލަ ކުމުންދޫ ކަނޑޫފަލުންވެސް ފެންނަން ފަށާފައިވާ ކަމަށެވެ. ކުމުންދޫގެ ކަނޑޫފަލުގައި މިހާރު ބޮޑަށް ހެދިފައިވަނީ ތަކަފަތި އަދި ރަނޑޫ ގަސްތައް ކަމަށް އަމީން ވިދާޅުވިއެވެ. ނަމަވެސް އެ ދެބާވަތުގެ ގަސްތަކުން ކަނޑޫ ގަސްތަކަށް ދިމާވާފަދަ މައްސަލައެއް ދިމާވެފައިވާކ...

ދިވެހިރާއްޖެ 2 ވަނަ ޖުމްހޫރިއްޔާއަކަށް އަލިވިލުން
Report

ދިވެހިރާއްޖެ 2 ވަނަ ޖުމްހޫރިއްޔާއަކަށް އަލިވިލުން

ރާއްޖޭގެ ރައްޔިތުންގެ ސަތޭކަ އިންސައްތައިގެ ތާއީދާއިއެކު 1 ޖެނުއަރީ 1953 ވަނަ އަހަރު އުފެދުނު ރާއްޖޭގެ ފުރަތަމަ ޖުމްޙޫރިއްޔާގެ ހިޔަލުގެ ދަށުން އެ ޖުމްޙޫރިއްޔާގެ ރައީސްކަން ކުރެއްވި މުޙައްމަދު އަމީންގެ ވެރިކަން 7 މަހާއި ދުވަސްކޮޅެއްގެ ތެރޭގައި އޮތުމަށްފަހު ދެންއަނެއްކާވެސް އަލިވިލުނީ ރަސްކަމަކަށެވެ. އެޖުމްޙޫރިއްޔާގެ ތެރެއަށް އިތުރަށް ނުގެނބި ދަންނަވާލަން އޮތީ ޅެންވެރިޔެއްގެ ޅެމެކެވެ. ” ފިންޏަކުން އަދި ހޫނަކުން ތިޔަ އަސަރުތައް ފިލުމެއްނެތޭ، ހިތްވަރާ އަޒުމުގެ ނަމޫނާ ގެއްލިދާނެ ގޮތެއް ނެތޭ”. ޖަލާލަތ...

ތިލަދުންމަތީގެ ފަޚުރު: ޝަހީދު ޙުސައިން އާދަމް
Thiladhunmathi News

ތިލަދުންމަތީގެ ފަޚުރު: ޝަހީދު ޙުސައިން އާދަމް

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ފަތިސް ދިވެހިންނާ ބައްދަލުކުރީ، ހިތައްވެސް ގެނެވިފައިނުވާ ނާންމާކަމާއި ބިރުވެރިކަން ކުރިމަތި ކުރުވަމުންނެވެ. މި ލޮބުވެތި ދިވެހި ވަޠަނަށް، ދިވެހި ލެޔަށް ކުލުނެއްނެތް، ”ހިތެއް” ނެތް އަމިއްލަ އެދުމުން ފޯވެފައި ތިބި ދިވެހިންގެ ޚާއިނުންގެ ބަޔަކު ސްރީލަންކާގެ ތަމަޅައިންގެ ނިރުބަވެރިންގެ ޖަމާޢަތަކާއި ގުޅިގެން ދިވެހިރާއްޖެ ހިފައި، މިނިވަންކަމަށް އަރައިގަންނަން ރޭވި ރޭވުމުގެ ދަށުން ރާއްޖޭގެ ވެރިރަށް މާލެ އަރައި ހަނގުރާމަފެށީ އެ ފަތިހުއެވެ. މުޅިޤައުމަށް...

ޚާއްޞަ ހުއްދަ ހިތި ބޭހަކަށްވެ، އުތުރުގެ "ހިތް" ހުއްޓިފައި
Thiladhunmathi News

ޚާއްޞަ ހުއްދަ ހިތި ބޭހަކަށްވެ، އުތުރުގެ "ހިތް" ހުއްޓިފައި

އުތުރުގެ 3 އަތޮޅުގެ ރައްޔިތުން އެ ރަށަކުން ގިނަ ޚިދުމަތްތަކެއް ލިބިގަންނަ ކުޅުދުއްފުށްޓަކީ އުތުރުގެ ”ހިތް” ކަމަށް ދެބަސްވާނެ އެއްވެސް ޖާގައެއް ނެތެވެ. އެ ”ހިތަށް” ޒަޚަމެއްވެއްޖެ ނަމަ އޭގެ އަސަރު ސީދާ އަދި ނުސީދާ ގޮތުން ވެސް ނުކުރާނެ ރައްޔިތަކު ހއ. ހދ. އަދި ށ އަތޮޅުގައި ނެތްކަމަށް ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ކުޅުދުއްފުށީގެ ރައްޔިތުންވެސް ހިމެނޭހެން މި އަތޮޅުތަކު ރަށްތަކުގެ ރައްޔިތުން ވެސް މިތިބީ ސިހި، އިނގިލީގައި ދައިގަނެގެންނެވެ. އެޗްޕީއޭގެ ޚާއްޞަ ހުއްދަ ތިލަދުންމަށްޗަށް […]

ޗާލު ނައިވާދޫގެ ''ނަލަނަލަ ރަސްތުނޑި'' މައިޒާން ހުޅުވައިފި
News

ޗާލު ނައިވާދޫގެ ''ނަލަނަލަ ރަސްތުނޑި'' މައިޒާން ހުޅުވައިފި

ހދ. ނައިވާދޫ ޒުވާނުންގެ ހިތުގައި ނައިވާދޫއަށް އޮތް ލޯތްބާއި، އެ ޒުވާނުންގެ މެދުގައި އޮތް އެކުވެރިކަން މިފަހަރު ދައްކުވައި ދިނީ އެ ރަށުގެ ޗާލު ތުނޑީގައި ތައްޔާރުކުރި ”ނަލަނަލަ ރަސްތުނޑި” މައިޒާނުންނެވެ. ނައިވާދޫ ޒުވާނުންތަކެއް އިސްނަގައިގެން އެރަށުގެ އުތުރު ތުނޑީގައި ތަރައްޤީކުރު މި މައިޒާން، ރާއްޖޭގެ ޤައުމީ ދުވަހާއި ގުޅުވައިގެން އިއްޔެ ވަނީ ހުޅުވައި، ބޭނުން ކުރަން ފަށާފައިއެވެ. އިއްޔެ އެ މައިޒާން ބޭނުން ކުރަން ފެށިއިރު، އެ މައިޒާން ބޭނުން ކުރުމަށް ވަނީ ރަސްމިއްޔާތެއް ވެސް […]

ބޮޑުތަކުރުފާނު ނިސްބަތްވާ ސަރަޙައްދާއިމެދު ސުވާލުއުފައްދާނެ ޖާގައެއް ނެތް
Raajje

ބޮޑުތަކުރުފާނު ނިސްބަތްވާ ސަރަޙައްދާއިމެދު ސުވާލުއުފައްދާނެ ޖާގައެއް ނެތް

ދިވެހިރާއްޖޭގެ 78 ވަނަ ޤައުމީ ދުވަހާއި ގުޅުވައިގެން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ”ބޮޑުތަކުރުފާނު ވާހަކަ: ފޯކުލޯރާއި ދިރާސީ ހަޤީޤަތް” ނަމުގައި ޚާއްޞަ ދަރެސްއެއް ގެނެސްދީފިއެވެ. މިއަދު ހަވީރު ޔޫޓިއުބު މެދުވެރިކޮށް ގެނެސްދެއްވި މި ދަރެސް ހުށަހަޅުއްވައި ދެއްވީ އެ މިނިސްޓްރީގެ ރިސަރޗް އެނަލިސްޓް އަޙްމަދު އަލާ އާއި މުޙައްމަދު ނާޖިހު އެވެ. އެ ދަރެސް ފަށްޓަވަމުން އަލާ ވިދާޅުވީ އެ ދަރެސްގައި ގެނެސް ދެއްވަނީ ޤައުމީ ދުވަސް އެބޭފުޅަކަށް ޚާއްޞަ ކުރެވިފައިވާ އައްސުލްޠާން […]

ބޮޑުތަކުރުފާނު: ދިވެހި ހިތްތަކުގެ ބަޠަލު
Report

ބޮޑުތަކުރުފާނު: ދިވެހި ހިތްތަކުގެ ބަޠަލު

ދިވެހި ތާރީޚު ހެކިދޭ ގޮތުގައި ދިވެހި މި ލޮބުވެތި ފަސްގަނޑަށް ދިމާވި ދަތި އުނދަގޫ ކޮންމެ ވަގުތެއްގައި ތިލަދުން މަތީގެ ދަރީން ވަނީ ޤައުމަށްޓަކައި ޤުރުބާންވެ، ޤައުމު ދިފާޢުކުރައްވާފައެވެ. މި ޙަޤީޤަތަކީ ތާރީޚްގެ ފަތްފުށްތަކުން ނިއުޅެމުން މިއަދާއި ހަމައަށް ވެސް ފެންނާން އޮތް ފަނޑުވުމެއް ނެތް ޙަޤީޤަތެކެވެ. ތިލަދުންމަތީ މީހުންނަކީ، މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ، ޒަމާނުއްސުރެ ރިވެތި އަޚުލާޤެއްގެ ވެރިބައެކެވެ. ސުލްހަމަސްލަހަތަށާއި، އެކުވެރިކަން އިސްކުރާ ބަޔެކެވެ. ޤައުމިއްޔަތުގެ ރޫޙު ހިތްތަކުގައި ބ...

ނަރުދޫ ދަނޑުވެރިން، ހިތްވަރާއިއެކު ދަނޑުހެއްދުމުގައި
Report

ނަރުދޫ ދަނޑުވެރިން، ހިތްވަރާއިއެކު ދަނޑުހެއްދުމުގައި

ށ. ނަރުދޫއަކީ އުތުރުގެ ރަށްތަކުގެ ތެރެއިން އެއްގޮތަށް ވުރެ ގިނަ ގޮތް ގޮތުން ނަމޫނާއަކަށް ބެލުން ރަނގަޅު ރަށެއްކަން ވޭތުވި ދުވަސްތަކުގައި އެރަށުގެ ރައްޔިތުން ވަނީ ސާބިތު ކޮށްދީފައި އެވެ. ދުނިޔެ ތަޖުރިބާ ކުރަމުން މިދާ ކޯވިޑްގެ ބަލިމަޑުކަމުގެ ތެރެއިން ރާއްޖޭގެ އަތޮޅަކުން އެންމެ ގިނަ މީހުން އެއްފަހަރާހެން އެންމެ ފުރަތަމަ ޕޮޒިޓިވްވި ރަށަކީ ނަރުދޫއެވެ. ރާއްޖެއަށް ކޯވިޑްގެ ބަލިމަޑުކަން ފެތުރެންފެށި ދުވަސްވަރު، މުޅިންއަލަށް ރާއްޖޭގެ ރަށަކުން ކުރާންޖެހުނު ތަޖުރިބާގައި ބިރާއި، ސިހުމާއި ކަންބޮޑުވުމުގެ ތެރެ...

ނޭކުރެންދޫ ސްކޫލް މުދައްރިސުންނަށް ''ކަނޑޫފާ ކްލާހެއް''
Thiladhunmathi News

ނޭކުރެންދޫ ސްކޫލް މުދައްރިސުންނަށް ''ކަނޑޫފާ ކްލާހެއް''

ކަނޑޫފަލާއި، ކަނޑޫގަސްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހދ. ނޭކުރެންދޫ ސްކޫލްގެ މުދައްރިސުންނަށް ޚާއްޞަކޮށްގެން ”ކަނޑޫފާ ކްލާސް” ކުރިއަށް ގެންގޮސްފިއެވެ. ނޭކުރެންދޫ ސްކޫލްގެ މުދައްރިސުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވުނު މި ކަނޑޫފާ ކްލާހަކީ، ރާއްޖޭގާއި ފުޅާ ދާއިރާއެއްގައި ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކޮށް، މަސައްކަތް ކުރާ ހަރަކާތެއް ކަމަށްވާ ”ސޭވް މޯލްޑިވްސް” ގެ ފަރާތުން، ނޭކުރެންދޫ ކައުންސިލާއި ގުޅިގެން ނޭކުރެންދޫގައި ކުރިއަށް ގެންދާ ސިލްސިލާ ކަނޑޫފާ ކްލާސްތަކުގެ ތެރެއިން ކްލާހެކެ...

އުތުރު ސްޕޯޓްސް ކްލަބު: އުތީމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް އައު ކްލަބެއް
Thiladhunmathi News

އުތުރު ސްޕޯޓްސް ކްލަބު: އުތީމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް އައު ކްލަބެއް

ހއ. އުތީމުގެ ތަރައްޤީއަށް މަސައްކަތްކުރުމަށާއި، އުތީމުގެ ދުޅަހެޔޮކަމަށް ގުޅިގެން މަސައްކަތް ކުރުމަށް ”އުތުރު ސްޕޯޓްސް ކްލަބު”ގެ ނަމުގައި އައު ކްލަބެއް އުފަށްދައިފިއެވެ. ”އުތުރު ސްޕޯޓްސް ކްލަބު” ރަޖިސްޓަރީ ކޮށްފައި ވަނީ 6 އޮކްޓޫބަރ 2020 ގައި އެވެ. މިކްލަބް ރަޖިސްޓަރީ ކުރެވުނު އިރު މިކްލަބްގައި 58 މެންބަރުން ތިބިކަމަށް އެ ކްލަބްގެ ފުރަތަމަ ރައީސް އަޙްމަދު ޞަބާޙް ބުންޏެވެ. އުތީމު ”އުތުރު ސްޕޯޓްސް ކްލަބު”ގެ ރައީސް އަޙްމަދު ޞަބާޙް ”ތިލަދުން”އަށް ބުނީ އެ ކްލަބަކީ އުތީމުގެ ތަރައްޤީއަށް މަސައްކަތްކުރުމަ...

ހޯނޑެއްދޫ ކަނޑޫފާވެސް މަރުވަނީ
Raajje

ހޯނޑެއްދޫ ކަނޑޫފާވެސް މަރުވަނީ

ގދ. ހޯނޑެއްދޫ ކަނޑޫފާވެސް މަރުވެ، ނެތި ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑުވެއްޖެއެވެ. ހޯނޑެއްދޫގެ މަރުވަމުންދާ ކަނޑޫފަލުގެ ފޮޓޯތަކެއް އިއްޔެ މީސް މީޑިއާއަށް ދޫވެފައިވާއިރު، އެ ފޮޓޯތަކުން ފެންނަނީ އެ ކަނޑޫފާ ވަރަށް ބޮޑަށް މަރުވެފައިވާ ތަނެވެ. އެ ފޮޓޯތައް މީސް މީޑިއާގެ ސަމާލުކަމަށް ގެނެސްފައިވާ އެއް ޓުވީޓުގައި ބުނެފައިވަނީ، އެ ފޮޓޯތަކުން ފެންނަނީ ހޯނޑެއްދޫ ކުޅީގެ ސަރަޙައްދުން ކަނޑޫގަސްތައް މަރުވަމުންދާ މަންޒަރު ކަމަށެވެ. އަދި އެ ފޮޓޯ ތަކަކީ އެ ރަށުގެ ޖަމްއިއްޔާއެއް ކަމަށްވާ ”ހުވަދޫ […]