Skip to main content

Hussain Shahudhee

Editor
🌐 Network-Wide Bureau
704 Stories
1,036 Reads

Published on ތިލަދުން (Thiladhun) by Hussain Shahudhee

ފުނަދޫ އުންގާ ޖަމިއްޔާގެ ''ދަ ގްރީން ޕްރޮޖެކްޓް'' ފަށައިފި
Thiladhunmathi News

ފުނަދޫ އުންގާ ޖަމިއްޔާގެ ''ދަ ގްރީން ޕްރޮޖެކްޓް'' ފަށައިފި

ށ. ފުނަދޫގައި ތިމާވެށީގެ ދާއިރާއިން ޚާއްޞަކޮށް މަސައްކަތް ކުރަމުން އަންނަ ޔުނައިޓެޑް ނިއު ޖެނެރޭޝަން އެޑަލްޓްސް (އުންގާ) ޖަމިއްޔާއިން، އެ ޖަމިއްޔާގެ ”ދަ ގްރީން ޕްރޮޖެކްޓް” ފަށައިފިއެވެ. ފުނަދޫގައި އާލާކުރަން ޖެހިފައިވާ ގަސްގަހާ ގެއްސާއި، މަދުވަމުންދާ ގަސްގަހާގެހީގެ ބާވަތްތައް އާލާކުރުމުގެ މަޤްޞަދުގައި ފެށި މި މަސައްކަތް، އެ ޖަމިއްޔާއިން ފަށާފައި ވަނީ އިއްޔެއެވެ. އުންގާ ޖަމިއްޔާއިން ފުނަދޫގެ ވެށީގެ ސަލާމަތަށާއި، ރަށުގެ ރީތިކަން ދަމަހައްޓަން ހިންގާ މައިގަނޑު ހަރަކާތަކީ ކޮންމެ ހަފުތާއަކު ހޮނިހިރަށް...

ހއ. އަތޮޅު ހޮސްޕިޓަލްގެ ކުޑަކުދިންގެ ވޯޑު ހިތްގައިމު ތަނަކަށް ހަދައިދިނީ މިޑްލް ސްޕޯރޓްސް ކްލަބު
Thiladhunmathi News

ހއ. އަތޮޅު ހޮސްޕިޓަލްގެ ކުޑަކުދިންގެ ވޯޑު ހިތްގައިމު ތަނަކަށް ހަދައިދިނީ މިޑްލް ސްޕޯރޓްސް ކްލަބު

ހއ. ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން އެރަށުގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ ކުޑަކުދިންގެ ވޯޑުގައި، އެ ވޯޑުގައި އެޑްމިޓްކުރާ ކުދިން ހިތްއުފާވާ ފަދަ ކުރެހުންތަކެއް އެކުލެވޭ ކެންވާސްތަކެއް ހަރުކޮށްފިއެވެ. ދިއްދޫގައި ދަރުމައަށް ގިނަ ހަރަކާތަކެއް ހިންގާ މިޑްލް ސްޕޯރޓްސް ކްލަބުން ދިއްދޫ ހޮސްޕިޓަލްގެ ކުޑަކުދިންގެ ވޯޑުގައި މި ހަރުކުރި ކެންވާސްތަކުގައި އެކުލެވޭ ކުރެހުން ތަކަކީ، ކުދިން ގަޔާވާނެ ކެރެކްޓާތައް ހިމަނައިގެން، ކުދިން ހިތްއުފާވާނޭ ގޮތަށް ފަރުމާކޮށްފައިވާ ކެންވާސް ތަކެކެވެ. މިޑްލް ސްޕޯރޓްސް ކް...

ނޮޅިވަރަންފަރު ސްކޫލުން އެއްކުރި 1.26 ޓަނު ޕްލާސްޓިކް ޕާލޭއާއި ހަވާލުކޮށްފި
Thiladhunmathi News

ނޮޅިވަރަންފަރު ސްކޫލުން އެއްކުރި 1.26 ޓަނު ޕްލާސްޓިކް ޕާލޭއާއި ހަވާލުކޮށްފި

ހދ. ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުން އެއްކުރި 1.26 ޓަނު ޕްލާސްޓިކް ރިސައިކަލް ކުރުމަށް ޕްލާސްޓިކާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރާ ޖަމިއްޔާ ޕާލޭއާއި ހަވާލުކޮށްފިއެވެ. ނޮޅިވަރަންފަރު ސްކޫލުން ބުނީ، އެއީ ނިމުނު 2020 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެ ސްކޫލްގެ ދަރިވަރުން އެއްކުރި ޕްލާސްޓިކް ކަމަށެވެ. ނޮޅިވަރަންފަރު ސްކޫލްގެ ޕްރިންސިޕަލް ޢަލީ އަޙްމަދު ”ތިލަދުން”އަށް ވިދާޅުވީ، އެއީ އެ ސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިން އަދި މުވައްޒަފުންގެ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. ”2019 ވަނަ އަހަ...

ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ށ. ފުނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ ތަމްރީނު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ފުނަދޫ އިޖްތިމާއި މަރުކަޒުގެ ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނިމުނު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 އިން 2021 ޖެނުއަރީ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. ފުނަދޫގެ އުމުރުން 10 އަހަރާއި 16 އަހަރާއި ދެމެދުގެ ފިރިހެން ކުދިންނަށް ހާއްސަކޮށްގެން އެރަށުގެ އިޖްތިމާއީ މަރުކަޒުގެ […]

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފި
Raajje

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް ހުދުސަމާލު ނެރެފިއެވެ. މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލްސަރވިސަސް ގެ މެޓް އޮފީހުން ނެރުނު މި ހުދު ސަމާލުގެ ވަގުތަކީ މިރޭ 23:30 އިން ފަތިހު 4:30 އަށެވެ. މި ސަމާލުގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާ ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ […]

ކުމުންދޫ ކޭވައިއެސް އިން ގަސް އިންދުމުގެ ހަރަކާތެއް ފަށައިފި
Thiladhunmathi News

ކުމުންދޫ ކޭވައިއެސް އިން ގަސް އިންދުމުގެ ހަރަކާތެއް ފަށައިފި

  ހދ. ކުމުންދާގައި ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) އިން އެރަށުގައި ގަސް އިންދުމުގެ ހަރަކާތެއް ފަށައިފިއެވެ. ކޭވައިއެސްއިން މި ފެށި ގަސް އިންދުމުގެ ހަރަކާތަކީ ކުމުންދޫއިން ނެތެމުންދާ އަދި މަދުވަމުންދާ ބައެއް ގަހުގެ ބާވަތްތައް އާލާކޮށް، އެ ރަށް ފެހިކުރުމަށް ފެށި ހަރަކާތެކެވެ. މިހަރަކާތާއި ގުޅިގެން އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ ފާރިއު އަޙްމަދު މުފީދު ”ތިލަދުން” އަށް ބުނީ މި ހަރަކާތަކީ އެ ޖަމިއްޔާގެ 2021 ވަނަ އަހަރުގެ […]

ދިއްދޫ ފަޅުތެރެ ސާފުކޮށްފި
Thiladhunmathi News

ދިއްދޫ ފަޅުތެރެ ސާފުކޮށްފި

ހއ. ދިއްދޫ ކައުންސިލުން، އެރަށުގެ ފަޅުތެރެ ސާފުކޮށްފިއެވެ. ދިއްދޫ ކައުންސިލުން ވިދާޅުވީ، ކައުންސިލްގެ ފަރާތުން ބަޔަކާއި ހަވާލުކޮށްގެން އިއްޔެ އެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ދިއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ހާޝިމް ”ތިލަދުން”އަށް ވިދާޅުވީ، އެރަށުގެ ފަޅުތެރޭން ނެގި ކުނިތަކަކީ އެރަށުން ފަޅުތެރެއަށް އަޅާފައި ހުރި ކުނިތަކެއް ނޫންކަމަށެވެ. ”އެ ކުނިތަކަކީ މިރަށު މީހުން އަޅާފައި ހުރި ކުންޏެއްނޫން، މި ދުވަސްވަރަކީ އިރުވައި މޫސުން ކަމަށް ވުމުން، އޮޔާ ފަޅުތެރެއަށް ވަދެފައި ހުރި ކުނި އެއީ، މޫސުމީ ބަ...

މޫސުން ގޯސް، ސަމާލުވޭ!
Raajje

މޫސުން ގޯސް، ސަމާލުވޭ!

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސް ވަރަކަށްވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމަށް އިލްތިމާސް ކުރަށްވާ ކަމަށެވެ. މީގެއިތުރުން ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލްސަރވިސަސް ގެ މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން އަ...

ގޮއިދޫ ކައުންސިލްގެ އެހީތެރިކަމާއެކު ދަނޑުވެރިންނަށް ހެޔޮ އަގުގައި ގަސްކާނާ ފޯރުކޮށްދީފި
Thiladhunmathi News

ގޮއިދޫ ކައުންސިލްގެ އެހީތެރިކަމާއެކު ދަނޑުވެރިންނަށް ހެޔޮ އަގުގައި ގަސްކާނާ ފޯރުކޮށްދީފި

ށ. ގޮއިދޫ ކައުންސިލްގެ އެހީތެރިކަމާއެކު އެރަށުގެ ދަނޑުވެރިންނަށް ހެޔޮ އަގުގައި ގަސްކާނާ ފޯރުކޮށްދީފި އެވެ. ގޮއިދޫ ކައުންސިލުން އެރަށުގެ ދަނޑުވެރިންނަށް ހެޔޮއަގެއްގައި ގަސްކާނާ ފޯރުކޮށްދީފައި ވަނީ އަންނަ ރަމަޟާން މަހަށް ދަނޑުތައް ހައްދާ އެރަށުގެ ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ކަމަށް ގޮއިދޫ ކައުންސިލުން ވިދާޅުވިއެވެ. ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާޙީމް ޝާހިދު ”ތިލަދުން”އަށް ވިދާޅުވީ، އެ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަށްވަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނު...

ނޮޅިވަރަމް ކްލަބު ޕެނީގެ ޖާޒީގައި ''ފުރަތަމަ ނަމާދު''
Thiladhunmathi News

ނޮޅިވަރަމް ކްލަބު ޕެނީގެ ޖާޒީގައި ''ފުރަތަމަ ނަމާދު''

ހއ. އިހަވަންދޫ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ. އަދި ހދ. ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން މިހާރު ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށްގެ އެއްޖާގަ ކަށަވަރުކޮށްފައިވާ، ހދ. ނޮޅިވަރަމް ކުލަބް ޕެނީ ޖާޒީން މުޅި މުޖުތަމައަށް ވެސް ދެނީ އެންމެ ބާރުގަދަ މެސެޖެވެ. އެ ޖާޒީގެ ކުރިމަތީގައި ޖަހާފައި ވަނީ ”ފުރަތަމަ ނަމާދު” އެވެ. މީގެ އިތުރުން އެ ޖާޒީގެ ފަހަތުގައި ”FEAR THE CREATOR WHERE EVER YOU ARE” ޖަހާފައި ވެއެވެ. މަޢުލޫމާތު […]

ނަރުދޫއަށް އުދަ އަރައި ބައެއް ގޭތަކަށް ގެއްލުން ވެއްޖެ
Thiladhunmathi News

ނަރުދޫއަށް އުދަ އަރައި ބައެއް ގޭތަކަށް ގެއްލުން ވެއްޖެ

ށ. ނަރުދޫއަށް އުދަ އަރައި ބައެއް ގޭތަކަށް ލޮނުވަދެ، ގެއްލުންތަކެއް ވެއްޖެއެވެ. ނަރުދޫއަށް އުދަ އަރާފައި ވަނީ ރޭ މެންދަމު 2:00 އިން 2:30 އާއި ދެމެދުގެ ވަގުތެއްގައެވެ. ނަރުދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ނިޒާރު ”ތިލަދުން” އަށް ވިދާޅުވީ އެރަށަށް އުދައެރުމުގެ ސަބަބުން 8 ގެއަށް ލޮނު ވަދެފައިވާ ކަމަށެވެ. އަދި 3 ގެއެއްގެ ގެއާއި ބަދިގެއަށް ލޮނުވަދެ ބައެއް ގެއްލުން ވެފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. ”ރޭ 2 ޖަހާކަށްހާއިރުން ފެށިގެން ރައްޔިތުން […]

ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ހޭންޑްބޯޅަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ހޭންޑްބޯޅަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ށ. ފުނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ހޭންޑްބޯޅަ ތަމްރީނު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ފުނަދޫ އިޖްތިމާއި މަރުކަޒުގެ ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނިމުނު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 އިން 31 ގެ ނިޔަލަށެވެ. ފުނަދޫގެ އުމުރުން 12 އަހަރާއި 18 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް ހާއްސަކޮށްގެން އެރަށުގެ އިޖްތިމާއީ މަރުކަޒުގެ ފުޓްސަލް ދަނޑުގައި ކުރިޔަށް...

ފުނަދޫ ބީއެމްއެލް ބްރާންޗުން ''އުންގާ'' ޖަމިއްޔާއަށް އަންގި ހަދިޔާކޮށްފި
Thiladhunmathi News

ފުނަދޫ ބީއެމްއެލް ބްރާންޗުން ''އުންގާ'' ޖަމިއްޔާއަށް އަންގި ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) ގެ ށ. ފުނަދޫ ބްރާންޗްއިން، އެރަށުގައި ތިމާވެށީގެ ދާއިރާއިން ޚާއްޞަކޮށް މަސައްކަތް ކުރަމުން އަންނަ ޔުނައިޓެޑް ނިއު ޖެނެރޭޝަން އެޑަލްޓްސް (އުންގާ) ޖަމިއްޔާއަށް އަންގި ހަދިޔާކޮށްފިއެވެ. ބީއެމްއެލް ފުނަދޫ ބްރާންޗްގެ މި އެހީތެރިކަމަކީ، އުންގާ ޖަމިއްޔާއިން ކޮންމެ ހަފުތާއެއްގެ ހޮނިހިރު ފާހަގަ ކުރަމުންއަންނަ ”ސާފުކުރާ ހޮނިހިރު ދުވަސް”ގައި ބޭނުން ކުރުމަށް ހަދިޔާކުރި އަންގިއެވެ. ބީއެމްއެލް ފުނަދޫ ބްރާންޗުން، އުންގާ ޖަމިއްޔާއަށް އަންގި ހަދިޔާކުރުން އޮތީ އިއްޔެ، އެ ބްރާ...

އިހަވަންދޫ މަސްވެރިއެއްގެ ޝުޢޫރު "މިތިބީ ކަށި ކުނބުރު ޖަންގައްޔެއްގައި، ކަށިތައް ހެރި ލޭ ދަނީ އޮހޮރެމުން"
Thiladhunmathi News

އިހަވަންދޫ މަސްވެރިއެއްގެ ޝުޢޫރު "މިތިބީ ކަށި ކުނބުރު ޖަންގައްޔެއްގައި، ކަށިތައް ހެރި ލޭ ދަނީ އޮހޮރެމުން"

ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންތަކެއް، ފެލިވަރުގައި ޑިސެމްބަރު 22 ވަނަ ދުވަހު އިހުތިޖާޖު ކޮށްފައި ވަނިކޮށް، ހއ. އިހަވަންދޫ މަސްވެރި ޢާއިލާތައް ވެސް ވަނީ ޑިސެމްބަރު 25 ވަނަ ދުވަހު، އިހަވަންދޫ ބަނދަރު ސަރަޙައްދުގައި އިހުތިޖާޖުކޮށްފައެވެ. އޭގެ ތެރެއިން އެއް މަސްވެރިއަކީ އިހަވަންދޫ ”މާވެހި” ދޯންޏަށް ނިސްބަތްވާ މަސްވެރިއެއްކަމަށްވާ މުޙައްމަދު ސައީދެވެ. މަސްވެރިން މިހާރު ފަށާފައިވާ އިހުތިޖާޖުތައް ރާވާ ހިންގުމުގައި އުތުރުގެ މަސްވެރިންގެ ތެރެއިން ސައީދ...

ކެލާ އަންހެނުންގެ ކޮމެޓީން ތަރައްޤީކުރި ''އޮޑި ބަން ޕާކު'' ވަރަށްޗާލު
Thiladhunmathi News

ކެލާ އަންހެނުންގެ ކޮމެޓީން ތަރައްޤީކުރި ''އޮޑި ބަން ޕާކު'' ވަރަށްޗާލު

ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން، އެރަށު ގޮނޑު ދޮށުގައި ތަރައްޤީ ކުރި ”އޮޑި ބަން ޕާކު” ހުޅުވައިފިއެވެ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މި ޕާކު ތަރައްޤީކޮށްފައި ވަނީ އެރަށުގެ ”އޮޑި ބަން މަގު”ގެ ގޮނޑުދޮށު ސަރަޙައްދުގައެވެ. އެ ކޮމެޓީގެ ރައީސާ، ހައްވާ ޝަހުމާ ”ތިލަދުން”އަށް ވިދާޅުވީ، މި ޕާކު ތަރައްޤީކޮށް ނިންމާލީ ތިން ހަފުތާއެއްހާ ދުވަހުން ކަމަށާއި، މި މަސައްކަތް ފުރިހަމަ ކުރުމުގައި ގިނަ ބަޔެއްގެ އެއްބާރުލުން ލިބިގެން ގޮސްފައިވާ […]