ކޯވިޑް ބަލީގައި ދިއްދޫން މީހަކު ނިޔާވެއްޖެ
ކޯވިޑް-19 ބަލީގައި ހއ. ދިއްދޫއިން މީހަކު ނިޔާވެއްޖެއެވެ. ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ، އެރަށުން މިއަދު ކޯވިޑް ބަލީގައި މީހަކު ނިޔާވެފައިވާ ކަމަށެވެ. އަދި އެއީ ކަަރަންޓީނުގައި ހުރި މީހެއްކަމަށް ވެސް ވިދާޅުވިއެވެ. މިއަދު ހެނދުނު 10:30 ހާއިރު އެރަށުން ނިޔާވެފައި ވަނީ، 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. “ކުރިންވެސް ބަލިކޮށް އުޅުނު މީހެއް ނިޔާވީ” ރަޝީދު ވިދާޅުވިއެވެ. އެރަށުން ވަނީ މިއަހަރުގެ މެއި 15 ވަނަ ދުވަހު ވެސް މީހަކު ނިޔާވެފައެވެ. […]