ނޫސްވެރިކަމަށް ހުރަސްއެޅޭނަމަ ޑިމޮކްރަސީ ބަލިކަށިވެގެންދާނެ: ސައްލެ
ނޫސްވެރިކަމަށް ހުރަސްއެޅޭނަމަ ޑިމޮކްރަސީ ބަލިކަށިވެގެންދާނެކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ. ސައްލެ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށަހަޅުއްވާފައިވާ ހެއްކާބެހޭ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލުގެ ބަހުސްގައި މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ އިސްލާހަކީ، ހެއްކާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރާ ހާލަތްތައް ބަޔާންކޮށްފައި އޮތް...