އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭ ވަގުތަށް ބަދަލެއް
އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނެ ވަގުތު މޯލްޑިވްސް އިމިގްރޭޝަނުން ވަގުތީގޮތުން ކުރުކޮށްފިއެވެ. އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މިއަދުން ފެށިގެން އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8ން ހަވީރު 4 ކާއި ދެމެދު ކަމަށެވެ. މި ބަދަލު ގެނައީ އިމިގްރޭޝަންގެ އޮންލައިން އެޕް ‘އިމުގަ’ އަށް ގެންނަމުންދާ އަޕްޑޭޓްތަކާއި ގުޅިގެން ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. ހަމައެއާއި އެކު އިމިގްރޭޝަނުން ވަނީ ވަކި ގޮތެއް އަންގަންދެން އަމަލުކުރާނީ މިގޮތަށްކަމަ...