ވެއްޓިފައި އޮއްވައި އައިޖީއެމްއެޗްއަށް ގެންދިޔަ މީހެއްގެ މަޢުލޫމާތު ހޯދަނީ، މީހާ ވަނީ ނިޔާވެފައި
މާލޭގެ މަގެއް މައްޗަށް ވެއްޓިފައިވަނިކޮށް އައިޖީއެމްއެޗް އަށް ގެންދިޔަ ގެންދިޔަ މީހަކު ނިޔާވެފައިވާތީ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ އެމީހާއާ ގުޅޭ މައުލޫމާތު ހިއްސާކޮށް ދިނުމަށް ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުން ވިދާޅުވީ، މެއި 4 ވަނަ ދުވަހުގެ އިރާކޮޅު ވަގުތެއްގައި މާފަންނު މުރަނގަ މަގުގައި ހުންނަ ބީޖީ ގަރާޖް ސަރަހައްދު މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު އިއިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހާ ނިޔާވެފައިވާ ކަމަށާއި، އެމީހާއަކީ ކާކުކަން މިހާތަނަށް ދ...