ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ބްރެޒިލް
ބްރެޒިލް އަކީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ކާމިޔާބު ގައުމެވެ. މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވާދަކުރުމުގެ ހަމައެކަނި ޝަރަފު އޮތީ ވެސް ބްރެޒިލް އަށެވެ.މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައި ވަނީ ވެސް އެ ގައުމެވެ. އެގައުމުން ވަނީ ފަސް ފަހަރު ވޯލްޑް ކާމިޔާބު ކޮށްފައެވެ. އެއީ 1958، 1962، 1970 ،1994 އަދި 2002ގެ ވޯލްޑް ކަޕް އެވެ. ނަމަވެސް 2002 ވަނަ އަހަރަށް ފަހު ބޭއްވި ތިން ވޯލްޑް ކަޕްގައި […]