އާރްއާރްޓީ: މިއީ ގައުމަށްޓަކައި ވާ ގުރުބާނީއެއް
“އެންމެ މިސްވަނީ އާއިލާ. މަންމަ ކައްކާފައި ކާންދޭ މީރު ކެއުން. ވަކިން ފެސިލިޓީއެއްގައި، އާއިލާއާ ބައްދަލުނުވެ، މިހާ ދުވަސްވީމަ ދެރަވޭ،” އުމުރުން 24 އަހަރުގެ މަރިޔަމް ޝިއުނާ ބުންޏެވެ. ޝިއުނާ އަކީ ކޮވިޑް-19 ގެ ފްރޮންޓްލައިންގައި އެންމެ ބުރަ، އެންމެ ނުރައްކާތެރި އެއް މަސައްކަތް ކަމަށްވާ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ)ގެ ޚިދުމަތްތެރިއެކެވެ. އެ މަސައްކަތުގައި އޮތް ނުރައްކާތެރިކަން ޝިއުނާ ވެސް ގަބޫލުކުރެ އެވެ. އޭނާ އާއި އެހެން ބައިވެރިންގެ މުޅި ދުވަސް ކަހަލަ ގޮތަކަށް ހޭދަކުރަނީ […]