ފާދިއްޕޮޅުން ހިމާޔަތްކުރި 5 ސަރަހައްދަށް ނަޒަރެއް!
ފާދިއްޕޮޅުން (ޅ.އަތޮޅު) ފަސް ސަރަހައްދެއް ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވަނީ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހު އެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ހިމާޔަތް ކުރެއްވުމަށް ނިންމެވި 5 ސަރަހައްދަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކެކެވެ. ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާ ހަވާލާދީ، މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެ...