އައިސް ޒުވާބު ފެށީ ހައްގުން ކަމަކާއި ލައިގެންނެއް ނޫނެވެ
ދުވަހަކީ އުޑުމަތި ސާފު ހެޔޮވަރު ވަރަކަށް ވައިޖެހޭ ރީތި ދުވަހެކެވެ. އަހަރެން އޮތީ އަތިރީގައި ހުރި ޖޯލިފަތީގައި މަސް އޮޑި އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އަހަރެންނެކޭ އެއްފަދައިން މަސް ގަތުމަށް އައިސް ތިބި އެހެންމީހުންވެސް ޖޯލިފަތީގައާއި އެތާ ކައިރީގައި ހުރި ހޮޅުއަށީގައި އޮށު އޮވެލައިގެން ވަގުތުތައް ގުނަމުން ދެއެވެ. އެތާ ތިބި އެންމެންގެ ސަމާލުކަން މަޑުމަޑުން އެންބުރެމުން ދިޔައީ އެންމެ ފަހުން ސައިކަލުގައި އައިސް ހޮޅުއަށްޓަށް މަޑުކޮށްލި މީހާ ދައްކަމުން ދިޔަ ވާހަކަ އަށެވެ. އޭނާ ވާހަކަ […]