ފުނަދޫ ރައްޔިތުންގެ ފަރާތުން ނަރުދޫ ރައްޔިތުންނަށް އެހީއެއް!
ށ.ފުނަދޫ ރައްޔިތުންގެ ފަރާތުން ށ.ނަރުދޫގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތީގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. ފުނަދޫ އިން މި ނޫހަށް މައުލޫމާތު ދެއްވި މީހަކު ވިދާޅުވީ މިއީ މުޅި ނަރުދޫއައް ފޯރުކޮށްދެއްވައިފައި އެހީތެރިކަމެއް ކަމަށެވެ. އަދި މި ތަކެތީގެ ތެރޭގައި ހިމެނެނީ ބޯފެން، ކަނޑުމަސް، މަސްދަޅު، ނޫޑުލްސް އަދި ޕާން ފަދަ ތަކެއްޗާއި މީގެ އިތުރުން ގޭތެރެއަށް ބޭނުންވާ ބްލިޗް އާއި އޯމޯ ފަދަތަކެތި ހިމެނެއެވެ. “މި އެހީތެރިކަމަކީ ފުނަދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ފަރާތުން ނަރުދޫ ރައްޔިތުންނ...