ތިބާގެ ހުވަފެންތަކަށް އެހެންމީހުން ޒަހަރުލިޔަ ނުދޭށެވެ.
އަހަރެންގެ އުމުރުން 13 އަހަރާއި ހަމައަށްވެސް އެއްވެސް މަދަރުސާއަކުން ކިޔެވުމުގެ ފުރުޞަތެއް ނުލިބެއެވެ. އުމުރުގެ ޅަފަތުގެ ދުވަސްވަރު ހޭދަކުރަން ޖެހުނީ ބަންގާޅުގެ މިމެންސިންގް ހޮސްޕިޓަލުގައެވެ. ނޭވާހިއްލާ ބަލި ބޮޑުވެ ދެފަހަރަކު އަހަރެން މަރުވިކަމަށްވެސް ޑޮކްޓަރުން ނިންމިއެވެ. ހޮސްޕިޓަލުގައި ހޭދަކުރި ދުވަސްވަރު ވާހަކަ ދައްކާލާނޭ މީހަކުވެސް ނުހުރެއެވެ. އެހެން ކަމުން އަހަރެންގެ ވާހަކަ ދެއްކުމުގެ ހުނަރު ތަރައްޤީއެއް ނުވެއެވެ. ރަނގަޅަށް ވާހަކަދައްކަން ދަހެއް ނުވެއެވެ. މި ސަބަބާއި ހުރެ ސްކޫލަށް ދާންފެށު...