ރަޙުމަތްތެރިންނަށް ނޭނގި ކުރެވޭ ގޯނާ
ޒަމީރު ބުންޏެވެ. ހުރިހާ ރަހުމަތްތެރިންނަށް މިކަން އަންގާލަދޭށެވެ. ރަޙުމަތްތެރިން އަޅުގަނޑަށް ވަރަށް ރަނގަޅެވެ. ލޯބިވެއެވެ. އިޙުތިރާމު ވެސް ކުރެއެވެ. އެކަމަކު ރަޙުމަތްތެރިންގެ ފަރާތުން ގޯނާއެއް އެބަ ލިބެއެވެ. މި ވާހަކަ ވަރަށް ގިނަ މީހުން ދައްކައެވެ. އެކަމަކު މޫނު ކެނޑެން ބޭނުން ނުވާތީ ބުނަން ނުކެރެނީއެވެ. ފަހަރެއްގައި ވެސް ރަޙުމަތްތެރިންގެ ހިތަށް ކުޑަނަމަވެސް ތަދެއް ވެދާނެތީ ޖެހިލުންވަނީއެވެ. ޒަމީރު އެ ދައްކަން އުޅޭ ވާހަކަ ފަހުމެއް ނުވެއެވެ. އެހެންވެ މި ޖެހެނީ މަޑުކޮށްލާށެވެ. ޒަމީރަށް ފުރުސަތު ދޭ...