ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރަން
މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް އަންގާފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދިވެހި ރާއްޖޭގެ ގައުމި ދިފާއީ ބާރުން އިލްތިމާސްކޮށްފިއެވެ. މި އިލްތިމާސްގައި ބުނެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް އަންނަނީ ހިނގަމުންނެވެ. މިގޮތުން އދ.މާމިގިލިން ފުރައިގެން ފ.ފީއައްޔަށް 3 ކުޑަދިންނާއި ފިރިހެނަކު ދަތުރުކުރި 20 ފޫޓުގެ ޑިންގީއެއް ގެއްލ...