Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,128 Stories
528 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

އަލަމްގިރިއާ އެކު ޖިންސީ ގުޅުން ހިންގިކަމަށް ފުލުސް މީހާ އެއްބަސްވެއްޖެ
Raajje

އަލަމްގިރިއާ އެކު ޖިންސީ ގުޅުން ހިންގިކަމަށް ފުލުސް މީހާ އެއްބަސްވެއްޖެ

ބަންގްލަދޭޝްގެ އަލަމްގިރިއާ އެކު އެއް ޖިންސުން ގުޅުން ހިންގި ފުލުސް މީހާ އަބްދުއްރަހުމާނު ރަފީއު އެކަމަށް ކޯޓުގައި އެއްބަސްވެއްޖެ އެވެ. އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ސޯޝަލް މީޑިއާގައި ވީޑިއޯ ލީކުވެފައިވާ އަބްދުއްރަހުމާންގެ މައްޗަށް ކުރި ދައުވާއަށް އޭނާ އެއްބަސްވީ ކްރިމިނަލް ކޯޓުގައި އޭނާގެ ޝަރީއަތް މިއަދު ފެށުމާ އެކު އެވެ. އޭނާގެ މައްޗަށް އަންނަ ބުރާސްފަތި ދުވަހު ހުކުމް އިއްވާނެ އެވެ. ގާނޫނުލް އުގޫބާތުގެ ދަށުން ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނެ […]

އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ނާޒިމަށް ތިން މަހުގެ ގޭ ބަންދުގެ އަދަބެއް
Raajje

އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ނާޒިމަށް ތިން މަހުގެ ގޭ ބަންދުގެ އަދަބެއް

ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަލަމްގިރިއާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ވަކީލް ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އަލަމްގިރިއާ އެކު އެއް ޖިންސުން ނާޒިމް ގުޅުން ހިންގާ ވީޑިއޯއެއް ކުރިން އާންމުވެފައި ވަނިކޮށް އޭނާގެ މައްޗަށް ކުރި ދައުވާއަށް އޭނާ ކޯޓުގައި ވަނީ އެއްބަސްވެފަ އެވެ. ނާޒިމް ތިން މަހާއި 26 ދުވަހަށް […]

ނިހާންގެ ޝަރީއަތް: ރައީސާއި ނައިބު ސަލާމަތްވެއްޖެ، ޕީޖީ އާއި މަހްލޫފް ހާޒިރުކުރަނީ
Raajje

ނިހާންގެ ޝަރީއަތް: ރައީސާއި ނައިބު ސަލާމަތްވެއްޖެ، ޕީޖީ އާއި މަހްލޫފް ހާޒިރުކުރަނީ

ޕީޕީއެމްގެ ކުރީގެ މަޖިލިސް އަހުމަދު ނިހާންގެ މައްޗަށް ދައުވާކުރާ މައްސަލާގައި ދިފާއީ ހެއްކެއްގެ ގޮތުން ޕީޖީ ހުސައިން ޝަމީމާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ކޯޓަށް ހާޒިރު ކުރެވޭނެ ކަމަށް މިއަދު ނިންމައިފި އެވެ. ރިޝްވަތު ހިފި ކަމަށް ބުނެ ނިހާންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ނިހާންގެ ފަރާތުން ދިފާއުގައި ހުށަހެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ޕީޖީ ޝަމީމާއި މަހްލޫފާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޕީޕީއެމްގެ […]

ދެ ސެންޓް ފުޅި ވަގަށް ނަގަން އުޅުމުން 17،000 ގެ ޖޫރިމަނާއެއް
Raajje

ދެ ސެންޓް ފުޅި ވަގަށް ނަގަން އުޅުމުން 17،000 ގެ ޖޫރިމަނާއެއް

ރެޑްވޭވް ފިހާރައިން ދެ ސެންޓް ފުޅި ވަގަށް ނަގަން އުޅުނު މީހަކު 17،000ރ. އިން ޖޫރިމަނާކުރަން ކޯޓުން ހުކުމްކޮށްފި އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގަލޮޅު ދަނޑު ކައިރީގައި ހުންނަ ރެޑްވޭވުން ދެ ސެންޓު ފުޅި ވަގަށް ނަގައިގެން ޖިންސާއި އުނަގަނޑާ ދޭތެރެއަށް ޖަހައިގެން ދާން އުޅެނިކޮށް އަތުލައިގަތީ ސ. ހުޅުދޫ ދަނބުގަސްދޮށުގޭ އަބްދުﷲ ސަފީރެވެ. އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގަން އުޅުމުގެ ދައުވާއަށް އޭނާ އެއްބަސްވުމުން އޭނާގެ މައްޗަށް […]

އާޒިމާގެ މައްސަލަ ކުރިއަށް ގެންދަނީ، ގާޒީގެ ނިންމުން ބަދަލެއް ނުވި
Raajje

އާޒިމާގެ މައްސަލަ ކުރިއަށް ގެންދަނީ، ގާޒީގެ ނިންމުން ބަދަލެއް ނުވި

ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި ނިންމުން ބަދަލު ނުކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑާކުރަން މަގުފަހިކޮށްދިން ކަމަށް ބުނެ އާޒިމާގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް އޮތީ ކުރިން ނިންމައިފަ އެވެ. އާޒިމާގެ […]

އެއް ޖިންސުން ގުޅުން ހިންގިކަމަށް ނާޒިމް ކޯޓުގައި އެއްބަސްވެއްޖެ
Raajje

އެއް ޖިންސުން ގުޅުން ހިންގިކަމަށް ނާޒިމް ކޯޓުގައި އެއްބަސްވެއްޖެ

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރިއާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ވަކީލް ނާޒިމް ސައްތާރު ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަލަމްގިރިއާ އެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އެ މައްސަލާގައި ނާޒިމްގެ މައްޗަށް ކުރާ އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާއަށް އޭނާ ކޯޓުގައި އެއްބަސްވުމުން އޭނާގެ މައްޗަށް ދެން އޮންނާނީ އަވަސް ނިޔާއިން މައްސަލަ ނިންމައި، ހުކުމް […]

ކުރީގެ ދެ މެމްބަރުންގެ ހެކިބަސް ޔާމީނާ އެއްކޮޅަށް: "ބުނީ ޔާމީނު ޑޮލަރު ގަތީ ކަމަށް"
Raajje

ކުރީގެ ދެ މެމްބަރުންގެ ހެކިބަސް ޔާމީނާ އެއްކޮޅަށް: "ބުނީ ޔާމީނު ޑޮލަރު ގަތީ ކަމަށް"

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގައި އެމަނިކުފާނާ އެއްކޮޅަށް ޕީޕީއެމްގެ ކުރީގެ މަޖިލިސް ދެ މެމްބަރަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ. އާރަށް ކުއްޔަށް ދީގެން ރިޝްވަތުގެ ގޮތުގައި ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ހޯދި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާގައި އެމަނިކުފާނުގެ ދިފާއުގައި މިއަދު ހެކިބަސް ދިނީ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ހުޅުދޫ ދާއިރާގެ ކުރީގެ […]

ރާއްޖޭގައި ބޭންކް އެކައުންޓަކުން ކުރި އެންމެ ބޮޑު ވައްކަން: ކުށް ސާބިތުވެއްޖެ
Raajje

ރާއްޖޭގައި ބޭންކް އެކައުންޓަކުން ކުރި އެންމެ ބޮޑު ވައްކަން: ކުށް ސާބިތުވެއްޖެ

ރާއްޖޭގައި ބޭންކް އެކައުންޓަކުން ކުރި އެންމެ ބޮޑު ވައްކަން ކަމަށްވާ ޝީޝާ ތިން ބެއިންގެ އެކައުންޓުން 18 މިލިއަން ރުފިޔާގެ ވަގަށް ނެގި މައްސަލާގައި މީހެއްގެ މައްޗަށް ހައި ކޯޓުން ކުށް ސާބިތުވާ ކަމަށް ނިންމައިފި އެވެ. ބ. ތުޅާދޫ މާފަރިވާގޭ އިބްރާހިމް ޝާހިދުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމީ 2011 ވަނަ އަހަރު ޝީޝާ ތިން ބެއިންގެ ނަމުގައި އެސްބީއައިގައި ހުޅުވާފައި އޮތް ޖޮއިންޓް އެކައުންޓެއްގައި ހުރި 18 މިލިއަން […]

ދީނަށް ފުރައްސާރަކުރި މީހާއަށް ހަތަރު މަހުގެ ޖަލު ހުކުމެއް، އެކަމަކު މިނިވަންވެއްޖެ
Raajje

ދީނަށް ފުރައްސާރަކުރި މީހާއަށް ހަތަރު މަހުގެ ޖަލު ހުކުމެއް، އެކަމަކު މިނިވަންވެއްޖެ

ސޯޝަލް މީޑިއާގައި މާތްﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މުހައްމަދު ރުސްތުމް މުޖްތަބާއަށް ހަތަރު މަހުގެ ޖަލު ހުކުމެއް މިއަދު އިއްވިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ މިއަދު މިިނިވަންވެއްޖެ އެވެ. ރުސްތުމްގެ މައްޗަށް ދައުލަތުން ކުރި ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފްވެފަ އެވެ. ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގައި އޭނާގެ މައްޗަށް އިއްވީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. […]

ފިލްމީތަރި މަލްގެ މައްޗަށް ޑްރަގްގެ ބޮޑު ދައުވާ ސާބިތެއްނުވި
Raajje

ފިލްމީތަރި މަލްގެ މައްޗަށް ޑްރަގްގެ ބޮޑު ދައުވާ ސާބިތެއްނުވި

ފިލްމީތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް ކުރި މަސްތުވާތަކެތީގެ ބޮޑު ދައުވާ އޭނާގެ މައްޗަށް ސާބިތުނުވެ، ކްރިމިނަލް ކޯޓުގައި މިއަދު އޭނާ ސަލާމަތްވެއްޖެ އެވެ. ކުށް ސާބިތުވި ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު، އެއް ލައްކަ ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ ފަދަ ބޮޑު ދައުވާ މަލްގެ މައްޗަށް އުފުލީ އޭނާ 2019 ވަނަ އަހަރު މާމިގިއްޔަށް ދިޔައިރު އޭނާގެ ދަބަހުން މަސްތުވާތަކެތި ފެނުނު މައްސަލާގަ އެވެ. މަލްގެ އިތުރުން އިތުރު އަންހެނަކަށް ވެސް […]

ލޯބިވެރިޔާ ބްލެކްމެއިލްކޮށް، ހުތުރު އަމަލު ހިންގުވަން އުޅުނުކަން ސާބިތެއްނުވި
Raajje

ލޯބިވެރިޔާ ބްލެކްމެއިލްކޮށް، ހުތުރު އަމަލު ހިންގުވަން އުޅުނުކަން ސާބިތެއްނުވި

ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ކުރީގެ ލޯބިވެރިޔާ ބްލެކްމެއިލްކޮށް އަދި ހުތުރުކަން ބޮޑު އަމަލުތަކެއް ހިންގަން މަޖުބޫރުކުރި ކަމަށް ބުނެ ދައުލަތުން ދައުވާކުރި މީހަކު ކުށް ސާބިތުނުވެ، މިނިވަންވެއްޖެ އެވެ. ސ. މަރަދޫ ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2015 ވަނަ އަހަރު އޭނާގެ ކުރީގެ ލޯބިވެރިޔާގެ ބަރަހަނާ މަންޒަރުތަކެއް ރެކޯޑް ކުރުމަށްފަހު ބްލެކްމެއިލް ކުރި މައްސަލާގަ އެވެ. ދައުލަތުން ބުނާގޮތުން ބްލެކްމެއިލް ކުރުމުގެ ގޮތުން އެ މީހާ ވަނީ ކުރީގެ ލޯބިވެރިޔާއަށް އޭނާގެ ބައްޕައާ އެކު ޖިންސީ […...

އިސްލާމްދީނަށް ފުރައްސާރަކުރި ރުސްތުމްގެ މައްސަލަ ތިން ދުވަސް ތެރޭގައި ނިންމަނީ
Raajje

އިސްލާމްދީނަށް ފުރައްސާރަކުރި ރުސްތުމްގެ މައްސަލަ ތިން ދުވަސް ތެރޭގައި ނިންމަނީ

އިސްލާމްދީނާއި މާތްﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގެ ދައުވާލިބޭ ރުސްތުމް މުޖްތަބާގެ މައްޗަށް ތިން ދުވަސް ތެރޭގައި އަދަބު ކަނޑައަޅައި، ހުކުމް އިއްވަން ހަމަޖައްސައިފި އެވެ. ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލާގައި 2020 ވަނަ އަހަރު ރުސްތުމް ހައްޔަރުކޮށް، އޭނާގެ މައްޗަށް ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެއް ކުރެ އެވެ. އެ ދައުވާތަކަށް އޭނާ ކުރިން ވެސް ވަނީ އެއްބަސްވެފަ އެވެ. ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި […]

އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގީ ޔާމީންގެ ކެމްޕެއިންގެ ދަރަނި އަދާކުރަން: ނާޒިމް
Raajje

އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގީ ޔާމީންގެ ކެމްޕެއިންގެ ދަރަނި އަދާކުރަން: ނާޒިމް

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގެ ދަރަނި ދެއްކުމަށްޓަކައި ކަމަށް އެމަނިކުފާނުގެ ކުރީގެ އަރިސް ބޭފުޅެއް ކަމަށްވާ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީނާ ދެކޮޅަށް ނާޒިމް ހެކިބަސް ދިނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ޔާމީނާ އޮތް ގުޅުން ސާބިތުކޮށް ދިނުމަށްޓަކައި ދައުލަތުގެ ހެކިވެރިއެއްގެ ގޮތުން ހުށަހެޅުމުންނެވެ....

ފަޒްލޫން ތިން ފަހަރަށް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް
Raajje

ފަޒްލޫން ތިން ފަހަރަށް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް

ޔޯގާ މައްސަލާގައި ޝޭހް ފަޒްލޫން މުހައްމަދު ބަންދުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ. މިދިޔަ ޖޫން މަހު ގަލޮޅުގައި ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަޒްލޫން މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުކުރަން ނެރުނު އަމުރުތައް އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ނިންމީ އޭނާ ބަންދުކުރަން ނެރުނު އަމުރުތައް ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް އޭނާ މިހާރު ހުރީ ދޫކޮށްލައިފަ އެވެ. ހައި ކޯޓުގެ ހުކުމުގައިވަނީ ފަޒްލޫނާ ދެކޮޅަށް […]

ސާލިމް މަރަން ހުކުމްކުރި މައްސަލަ ހައިކޯޓުން ބޭރު
Raajje

ސާލިމް މަރަން ހުކުމްކުރި މައްސަލަ ހައިކޯޓުން ބޭރު

އދ. ދަނގެތީގައި މަރާލި މަހްމޫދު އަބޫބަކުރުގެ މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ޝާހް އަލޮމް މިއާ (ސާލިމް) ގެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ފައިސާގެ ބޭނުމުގައި މަހްމޫދު މަރާލި މައްސަލާގައި ސާލިމް މެރުމަށް ހުކުމްކުރި މައްސަލަ ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. އެއީ ސާލިމްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ނުކުރުމުން ގާނޫނުގައިވާ ގޮތުގެ މަތިން، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށެވެ. އެ މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް […]