Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,128 Stories
529 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

މިދިޔަ މަހު 195 ކައިވެނިކުރި, އަދި 127 މީހުން ވަރިކުރި
Raajje

މިދިޔަ މަހު 195 ކައިވެނިކުރި, އަދި 127 މީހުން ވަރިކުރި

މިދިޔަ މަހު ފެމިލީ ކޯޓުގައި 195 ކައިވެނި ކުރިއިރު 127 މީހަކު ވަރިކޮށްފައިވާ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ފެމިލީ ކޯޓުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 195 ކައިވެނިކޮށް އަދި 127 މީހަކު ވަރިކޮށްފައިވާތީ ކައިވެނީގެ އަދަދުގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ގިނަ އަދަދަކަށް ވަރި ކޮށްފައިވެ އެވެ. އެ ކޯޓަށް މިދިޔަ މަހު އެންމެ ގިނައިން ހުށަހެޅީ ވެސް ވަރީގެ މައްސަލަތަކެވެ. […]

ޔާމީންގެ ފުއްގިރި މައްސަލަ އަވަސްކޮށް ގެންދާތީ ވަކީލުންގެ ކަންބޮޑުވުން
Raajje

ޔާމީންގެ ފުއްގިރި މައްސަލަ އަވަސްކޮށް ގެންދާތީ ވަކީލުންގެ ކަންބޮޑުވުން

ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރާ މައްސަލާގެ ޝަރީއަތް އަވަސް އަވަހަށް ބާއްވަން ނިންމުމުން ދިފާއީ ވަކީލުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. ފުއްގިރި މައްސަލާގައި ޔާމީނަށް ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޔާމީނާއި ސަން […]

މޭރީ މަރުވި ދުވަހު ލަމްހާ ހުރީ އެކްސައިޓްވެފައި: ރަހުމަތްތެރިއެއް
Raajje

މޭރީ މަރުވި ދުވަހު ލަމްހާ ހުރީ އެކްސައިޓްވެފައި: ރަހުމަތްތެރިއެއް

ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުވި ދުވަހު އެ  މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ހުރީ އެކްސައިޓްވެ, ހިތްހަމަޖެހިފައި ކަހަލަ ގޮތަކަށް ކަމަށް ލަމްހާގެ ރަހުމަތްތެރިއަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ. އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދަނިކޮށް 2021 ވަނަ އަހަރު މޭރީ މަރާލި ކަމަށް ބުނެ މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ތިން މީހުންނަކީ ވެސް އައިޖީއެމްއެޗްގެ […]

އިސްރާއިލް މީހަކަށް ދެ ލައްކަ ރުފިޔާ ދޭން ދިވެހި ކުންފުންޏެއްގެ މައްޗަށް ހުކުމްކޮށްފި
Raajje

އިސްރާއިލް މީހަކަށް ދެ ލައްކަ ރުފިޔާ ދޭން ދިވެހި ކުންފުންޏެއްގެ މައްޗަށް ހުކުމްކޮށްފި

އިސްރާއިލްގެ ދެ މީހަކު ރާއްޖެ އަންނަން ހެއްދި ބުކިން ކެންސަލްވި މައްސަލާގައި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އެ މީހުންނަށް ދައްކަން ދިވެހި ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. އިސްރާއިލްގެ ދެ މީހަކު ރާއްޖެ އަންނަންވެގެން ދިވެހި ކުންފުންޏެއް މެދުވެރިކޮށް ބުކިން ހައްދައި، 19،000 ޑޮލަރު ދައްކާފައި ވަނިކޮށް ބުކިން ކެންސަލްކުރީ ކޮވިޑް-19 އާ ގުޅިގެން ދަތުރު ނުކުރެވޭތީ އެވެ. ބުކިން ފައިސާ އާއި ފައިސާ ގާނޫނީ ހަރަދާ އެކު 23،000 ޑޮލަރު […]

ކައިވެންޏެއްގެ މައްސަލާގައި ގާޒީ ހަސަން ސައީދު ސަސްޕެންޑްކޮށްފި
Raajje

ކައިވެންޏެއްގެ މައްސަލާގައި ގާޒީ ހަސަން ސައީދު ސަސްޕެންޑްކޮށްފި

ފެމިލީ ކޯޓުގައި އުސޫލުތަކާ ހިލާފަށް ކައިވެންޏެއް ކޮށްދިިނުމަށް މަގުފަހިވާގޮތަށް އަމަލު ކުރިކަން ސާބިތުވެ، މިހާރު ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑުކޮށްފި އެވެ. ހަސަން ސައީދު ސަސްޕެންޑު ކުރަން ނިންމާފައި ވަނީ 2018 ވަނަ އަހަރު އޭނާ ފެމިލީ ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އިރު، އެ ކޯޓުގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރި ކަމަށް ބުނާ ކައިވެންޏެއްގެ މައްސަލައަކާ ގުޅިގެންނެވެ. ޖޭއެސްސީއިން މިއަދު ބުނީ ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ […]

10 އަހަރު ކުރީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ނުބެލޭނެ ކަމަށް ހުކުމްކޮށްފި
Raajje

10 އަހަރު ކުރީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ނުބެލޭނެ ކަމަށް ހުކުމްކޮށްފި

ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށްގާނޫނުގައި ކުރިން އޮތް މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިތާ 10 އަހަރު ފަހުން އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް މިއަދު ހުކުމްކޮށްފި އެވެ. ޕާޓީތަކުގެ ގާނޫނު 2013 ވަނަ އަހަރު ވުޖޫދަށް އައިއިރު، 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށް މާއްދާއެއް އޮތެވެ. މިހާރުގެ ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ އިމާދު ސޯލިހްގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ […]

ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރިކަން ސާބިތެއްނުވި
Raajje

ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރިކަން ސާބިތެއްނުވި

ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން އަންހެނަކު ބްލެކްމެއިލްކޮށް، ޖިންސީ އަމަލު ހިންގަން އުޅުނު ކަމުގެ ދައުވާލިބުނު މީހަކު ކުށް ސާބިތުނުވެ، ސަލާމަތްވެއްޖެ އެވެ. ގދ. އަތޮޅުގެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2016 ވަނަ އަހަރު އަންހެނެއްގެ ބަރަހަނާ ފޮޓޯ ހުރި ކަމަށް ބުނެ އޭނާއަށް ބިރު ދައްކައި، ބްލެކްމެއިލްކޮށްގެން ޖިންސީ އަމަލު ހިންގަން އުޅުނު ކަމަށް ބުނެ އެވެ. އޭނާގެ ފޯނުން ބަރަހަނާ ފޮޓޯ ފެނުނު ކަމަށް ދައުވާގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން […]

ޕީއެޗްޑީ ގަބޫލުކުރަން އަމުރު ނުކުރެވުނަސް, އެމްކިއުއޭއިން ގެއްލުމަށް ޒިންމާވާން ޖެހޭނެ: ސިވިލް ކޯޓް
Raajje

ޕީއެޗްޑީ ގަބޫލުކުރަން އަމުރު ނުކުރެވުނަސް, އެމްކިއުއޭއިން ގެއްލުމަށް ޒިންމާވާން ޖެހޭނެ: ސިވިލް ކޯޓް

ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ސެޓްފިކެޓެއް ބަލައިގަންނަން އަމުރު ނުކުރެވުނަސް, ކިޔަވަން ކުރި ހަރަދު ލިބުނު ގެއްލުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖުން ހިންގި ޕީއެޗްޑީ ކޯހެއްގެ ކިޔެވުން ބަޔަކު ފެށީ އެމްކިއުއޭއިން އެ ކޯސް ގަބޫލުކުރާ ކަން 2016 ވަނަ އަހަރު އެންގުމުންނެވެ. ޖެނުއަރީ، 2018 ވަނަ އަހަރު އެ އެމްކިއުއޭއިން އެ ކޯސް ގަބޫލުކުރުން […]

ބައްޕައާ ދެކޮޅަށް ކައިޒީން މިފަހަރު އެދުނު އަމުރު ކޯޓުން ނެރެނުދިން
Raajje

ބައްޕައާ ދެކޮޅަށް ކައިޒީން މިފަހަރު އެދުނު އަމުރު ކޯޓުން ނެރެނުދިން

ރާއްޖޭގެ މަޝްހޫރު މޮޑެލް ކަމަށްވާ ފާތިމަތު ޒަޔާން (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ދައުވާކުރާ މައްސަލާގައި ކައިޒީންގެ ފަރާތުން އެދުނު އަމުރު މިފަހަރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ. ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް ދައުވާކުރީ އޭނާ ފައިސާ ދީގެން ގަތް ބޯޓެއް އޭނާގެ ހުއްދަ ނެތި ބައްޕަގެ ނަމަށް ރަޖިސްޓްރީ ކުރުމުންނެވެ. އެ މައްސަލަ ނިމެންދެން ބޯޓުގެ ރަޖިސްޓްރީ ބަދަލު ނުކުރުމުގެ އަމުރަކަށް ކައިޒީން ފަރާތުން ކުރިން އެދުމުން އެ އަމުރު […]

މުއިއްޒުގެ ދިފާއީ ހެކިން ބަލައިގަނެވޭނެ: ކޯޓު
Raajje

މުއިއްޒުގެ ދިފާއީ ހެކިން ބަލައިގަނެވޭނެ: ކޯޓު

މާލޭގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި އޭނާގެ ދިފާއީ ހެކިން ބަލައިނުގަނެވޭނެ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފަ އެވެ. ދޮގު ބަޔާން ދިނުމުގެ ދައުވާ މުއިއްޒުގެ މައްޗަށް ދައުލަތުން ކުރަނީ ނޫމަޑި ކުންފުންޏާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި ނެދަލޭންޑްސްގެ އާބިޓްރޭޝަނަށް ދޮގު ބަޔާނެއް އޭނާ ދެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި މުއިއްޒުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ބަލައިނުގަތުމަށް ދައުލަތުން އޮތީ ޝަރީއަތުގެ […]

ސައިކަލު މަޑިދަށުން ފެނުނު ޑްރަގަށް ޒިންމާވާން ޖެހި, އުމުރަށް ޖަލަށް
Raajje

ސައިކަލު މަޑިދަށުން ފެނުނު ޑްރަގަށް ޒިންމާވާން ޖެހި, އުމުރަށް ޖަލަށް

ސައިކަލުގެ މަޑިދަށުން ފެނުނު މަސްތުވާތަކެއްޗަށް ސައިކަލުގެ ވެރިމީހާ ޒިންމާވާން ޖެހި، އޭނާ އުމުރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޖެނުއަރީ 2018 ގައި ހުޅުމާލެ އިން މާލެ އައި ފެރީއަކުން ގެނައި ސައިކަލެއް ފުލުހުން ހުއްޓުވައި ފާސް ކުރިއިރު ސައިކަލުގެ މަޑިދަށުން 248 ގްރާމްގެ ޑްރަގް ފެނުނެވެ. އެ ވަގުތު ސައިކަލު ދުއްވަން އިން ވެރިމީހާގެ މައްޗަށް ދައުވާ ކުރިޔަސް، ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ ކުށް ސާބިތުނުވާ ކަމަށެވެ. ހައި ކޯޓުން ކުރި […]

ހުއްދަ ނެތި ފަސް ކާށި އެޅުމުން ތިން މަހަށް ޖަލަށް
Raajje

ހުއްދަ ނެތި ފަސް ކާށި އެޅުމުން ތިން މަހަށް ޖަލަށް

ރުކަކުން ވަގަށް ފަސް ކާށި އެޅި މީހަކު ތިން މަހަށް ޖަލަށްލާން ކޯޓަކުން ހުކުމްކޮށްފި އެވެ. ގދ. ވާދޫ ކޯޓުން މިދިޔަ ހަފުތާގައި އެރަށު މީހެއްގެ މައްޗަށް އެ ހުކުމްކުރީ 2020 ވަނަ އަހަރު އެރަށު ޖަމާލުއްދީން ސްކޫލްގެ ގޯތި ތެރޭގައި ހުރި ރުކަކުން ފަސް ކާށި އަޅާފައިވާތީ އެވެ. އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެ މީހާގެ މައްޗަށް ކުރުމުން އޭނާ ކޯޓުގައި ކުށަށް އިއުތިރާފްވި އެވެ. އެ […]

މަގު ކޮނުމުގެ ފީ ބޮޑުކުރި މައްސަލަ ހައިކޯޓުން ބަލައެއްނުގަތް
Raajje

މަގު ކޮނުމުގެ ފީ ބޮޑުކުރި މައްސަލަ ހައިކޯޓުން ބަލައެއްނުގަތް

މާލޭގެ މަގު ކޮނުމުގެ ފީ ބޮޑުކުރަން މާލޭ ސިޓީ ކައުންސިލުން ހެދި އުސޫލު ބާތިލްކުރަން ސްޓެލްކޯ އިން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ. މާލޭގެ މަގުތަކުގެ މަސައްކަތް ކުރުމާ ބެހޭ އުސޫލާއި މަގު ކޮނުމާބެހޭ އުސޫލެއް އެކުލަވާލައި، އެ މަސައްކަތުގެ ފީތައް ބޮޑުކުރަން ސިޓީ ކައުންސިލުން ނިންމި މައްސަލާގައި އެ ދެ އުސޫލު ބާތިލް ކުރަން ސްޓެލްކޯ އިން ހައި ކޯޓަށް ހުށަހެޅީ އެއީ ގާނޫނާ ހިލާފު އުސޫލުތަކެއް […]

ބީއެމްއެލްގެ އިސް މަގާމުތަކުގެ މައުލޫމާތު ދޭންޖެހޭނެ: ހައިކޯޓް
Raajje

ބީއެމްއެލްގެ އިސް މަގާމުތަކުގެ މައުލޫމާތު ދޭންޖެހޭނެ: ހައިކޯޓް

ބީއެމްއެލްގެ ބޯޑު މެމްބަރުންނާއި އިސް މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ. ބީއެމްއެލްގެ ބޯޑު މެމްބަރުންނާއި ސީނިއާ މުވައްޒަފުންގެ މަގާމުގެ ތަފްސީލުތައް ހޯދަން އައިމަން ލަތީފްގެ ފަރާތުން އެދުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގާފައިވަނީ އެ މައުލޫމާތު ދިނުމަށެވެ. ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އޮތްގޮތުން، ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަންތަނަކީ ދައުލަތުގެ އިދާރާއެއް ކަމަށް ބެލެ...

މުއިއްޒު ތަހުގީގުގައި ހަނު ހުރުމުން ދިފާއީ ބަލައިނުގަތުމަށް ޕީޖީން އެދެފި
Raajje

މުއިއްޒު ތަހުގީގުގައި ހަނު ހުރުމުން ދިފާއީ ބަލައިނުގަތުމަށް ޕީޖީން އެދެފި

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދޮގު ބަޔާނެއް ދިން ކަމަށް ބުނެ ކުރާ ދައުވާގައި, އެ މައްސަލައިގެ ތަހުގީގުގައި މުއިއްޒު ހަނުހުރުމުން އޭނާގެ ދިފާއީ ހެކިތައް ބަލައިނުގަތުމަށް ދައުލަތުން މިއަދު އެދެފި އެވެ. ނޫމަޑިއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކުރިއިރު ހައުސިން މިނިސްޓަރަށް ހުންނެވި މުއިއްޒުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ނޫމަޑިން ނެދަލެންޑްސްގެ އާބިޓްރޭޝަނަށް ދޮގު ބަޔާނެއް ދިން ކަމަށް ބުނެ އެވެ. މުއިއްޒުގެ ފަރާތުން ވަނީ ވަނީ ދިފާއީ ހެކިންގެ ގޮތުގައި […]