Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,128 Stories
529 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

ޗާގޯސް މައްސަލާގައި ރައީސް ފޮނުއްވި ސިޓީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް
Raajje

ޗާގޯސް މައްސަލާގައި ރައީސް ފޮނުއްވި ސިޓީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅު ބާތިލްކުރަން ހުށަހެޅި  މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ. މޮރިޝަސްގެ ބޮޑުވަޒީރަށް މިދިޔަ އަހަރު ރައީސް ސިޓީފުޅެއް ފޮނުއްވީ އިނގިރޭސި ވިލާތުގެ ދަށުގައި އޮތް ޗާގޯސް، މޮރިޝަސްއާ ހަވާލު ކުރުމުގެ މައްސަލާގައި ރާއްޖެ އިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެ ކަން ހާމަ ކުރުމަށެވެ. އެ ސިޓީއާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. އެ ސިޓީފުޅު ބާތިލް ކުރުމަށާއި ސިޓީފުޅު ހާމަކޮށް އަދި […]

އަޅުގަނޑު ނަފްސާނީ ވާ ހިސާބަށް ކަންކަން ގޮސްފި: ޔާމީން
Raajje

އަޅުގަނޑު ނަފްސާނީ ވާ ހިސާބަށް ކަންކަން ގޮސްފި: ޔާމީން

ރ. ފުއްގިރި މައްސަލާގައި އަމަލުކުރާ ގޮތުން ނަފްސާނީ ވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވަނިކޮށް ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތާ ގުޅިގެން އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލައެއް ވަނީ އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލަ ނިމެންދެން ކްރިމިނަލް ކޯޓުގެ ޝަރީއަތް ހުއްޓުވުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެމަނިކުފާނ...

ޔާމީންގެ ފުއްގިރި މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި
Raajje

ޔާމީންގެ ފުއްގިރި މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތް މަޑުޖައްސާލަން ސުޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ. ފުއްގިރި މައްސަލާގައި ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހެކިބަސް ނެގުން މާދަމާ ކުރިއަށް ގެންދަން އޮތީ ހަމަޖައްސައިފަ އެވެ. އެ މައްސަލަ އަންނަ ހޯމަ ދުވަހާ ހަމައަށް މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އެންގީ އެ މައްސަލާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ބައެއް […]

އަފްރާޝީމްގެ ގާތިލް ހުމާމް މަރަން ކުރި ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް
Raajje

އަފްރާޝީމްގެ ގާތިލް ހުމާމް މަރަން ކުރި ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ހުސައިން ހުމާމް އަހުމަދު މަރަން ކުރި ހުކުމުގެ މައްސަލަ ރިވިއުކުރަން އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. އޮކްޓޫބަރު، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން 2016 ވަނަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ. އަފްރާޝީމް މަރާލި ކަމަށް ހުމާމް ކުރިން އެއްބަސްވިޔަސް ފަހުން އޭނާ ގެންދަނީ އެކަމަށް އިންކާރު ކުރަމުންނެވެ. މަރުގެ ހުކުމް […]

ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރާ ދެކޮޅަށް އަލުން ދައުވާ ކުރެވިދާނެ: ސުޕްރީމް ކޯޓު
Raajje

ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރާ ދެކޮޅަށް އަލުން ދައުވާ ކުރެވިދާނެ: ސުޕްރީމް ކޯޓު

ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލާގައި އަލުން ދައުވާ ކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޑަމްޕް ޓްރަކްތަކެއް ވެމްކޯއަށް ގަތުމުގެ މައްސަލާގައި ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ދައުވާއެއް ކުރުމުން ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެ ދައުވާ ކުރަން ޖެހޭނ...

މޫނު ބުރުގާގައި ސްކޫލަށް ދެވޭ ގޮތަށް ވަގުތީ އަމުރު ނުދިން މައްސަލަ ހައި ކޯޓަށް
Raajje

މޫނު ބުރުގާގައި ސްކޫލަށް ދެވޭ ގޮތަށް ވަގުތީ އަމުރު ނުދިން މައްސަލަ ހައި ކޯޓަށް

އަރަބިއްޔާ ސްކޫލްގެ ދަރިވަރުން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދެވޭ ފަދަ ވަގުތީ އަމުރެއް ނުދޭން ސިވިލް ކޯޓުން ނިންމި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. އަރަބިއްޔާގެ ދަރިވަރުން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިއުން ހުއްޓުވާތީ އެކަމާ ދެކޮޅަށް ބެލެނިވެރިންތަކެއް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު، މައްސަލަ ނިމެންދެން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދެވޭފަދަ ވަގުތީ އަމުރަކަށް އެދުނެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ނިންމީ އަމުރު ނެރެނުދިނުމަށެވެ. އެ ނިންމުން އިސްތިއުނާފް […]

ޔާމީން ރިޝްވަތެއް ނުހިފާ, ސިޔާމާއެކު ހިންގީ ޑޮލަރު ގަތުމުގެ މުއާމަލާތެއް: ވަކީލުން
Raajje

ޔާމީން ރިޝްވަތެއް ނުހިފާ, ސިޔާމާއެކު ހިންގީ ޑޮލަރު ގަތުމުގެ މުއާމަލާތެއް: ވަކީލުން

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނަންގަވާފައި ނުވާ ކަމަށާއި އެމަނިކުފާނަށް ލިބިވަޑައިގަތް ފައިސާއަކީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ އަތުން ޑޮލަރުގެ ގަތުމުގެ މުއާމަލާތެއް ކަމަށް ޔާމީންގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ. 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން 1.1 މިލިއަން ޑޮލަރު ރިޝްވަތު […]

ބެޑްޝީޓެއްގައި ކިލޯއެއްގެ ޑްރަގް ގެނައި މައްސަލާގައި އެންމެން ސަލާމަތްވެއްޖެ
Raajje

ބެޑްޝީޓެއްގައި ކިލޯއެއްގެ ޑްރަގް ގެނައި މައްސަލާގައި އެންމެން ސަލާމަތްވެއްޖެ

ބެޑްޝީޓެއްގައި ފޮރުވައިގެން ކިލޯއެއްހާ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުލަތުން ދައުވާކުރި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ޑީއެޗްއެލް މެދުވެރިކޮށް ގެނައި ޕާރުސަލެއްގައި ހުރި ބެޑްޝީޓްތަކެއްގައި ފޮރުވައިގެން 993 ގްރާމްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުވާކުރީ އެތަކެއްޗާ ހަވާލުވި މީހާ އާއި އެތަކެއްޗާ ހަވާލުވާން އެދުނު މީހާ އާއި ދެވަނަ މީހާ ގާތު އެގޮތަށް އެދުނު މީހާގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން އާ...

ނެގި ޓިކެޓަށް ދަތުރު ނުކުރެވުނަސް, ގެއްލުމުގެ ބަދަލެއް ނަގައެއް ނުދިން
Raajje

ނެގި ޓިކެޓަށް ދަތުރު ނުކުރެވުނަސް, ގެއްލުމުގެ ބަދަލެއް ނަގައެއް ނުދިން

މޯލްޑިވިއަންގެ ފްލައިޓަކުން ދަތުރުކުރަން ނެގި ޓިކެޓްތަކަކަށް ދަތުރު ނުކުރެވުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓުގައި މީހަކު ކުރި ދައުވާ ނާކާމިޔާބުވެއްޖެ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު މާލެއިން ގއ. މާވާރުލު އެއާޕޯޓަށް ދަތުރުކުރަން 11 މީހަކަށް ވެއިޓިން ލިސްޓުގައި ނެގި ޓިކެޓްތަކަށް ފްލައިޓުގައި ޖާގަ ނެތުމުން ދަތުރު ނުކުރެވުނެވެ. އެހެންވުމުން ނޯ ޝޯ ޗާޖުގެ ގޮތުގައި އިތުރަށް 1،700ރ. އާއި އެހެން ތާރީހަކަށް ޓިކެޓް ބަދަލުކުރަން 1،200 އަށް ވުރެ ގިނަ ރުފިޔާ […]

ފުއްގިރި މައްސަލާގެ ހެކިބަސް ނެގުމުގެ އަޑުއެހުން ލައިވް ނުކޮށްފާނެ
Raajje

ފުއްގިރި މައްސަލާގެ ހެކިބަސް ނެގުމުގެ އަޑުއެހުން ލައިވް ނުކޮށްފާނެ

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތުގެ ހެކިބަސް ނެގުމުގެ މަރުހަލާ ލައިވް ނުކުރުމުގެ ވިސްނުމެއް އެބައޮތް ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ. ފުއްގިރި ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީނަށް ދައުވާ ކުރާއިރު، އެ މައްސަލާގައި ސަން އިންޖިނިއަރިން އާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށާއި ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާ […]

ޓީޗިން ކޯސްތައް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ދޭން ހައި ކޯޓުން ވަގުތީ އަމުރެއް
Raajje

ޓީޗިން ކޯސްތައް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ދޭން ހައި ކޯޓުން ވަގުތީ އަމުރެއް

ޓީޗީން ދާއިރާގެ ކޯސްތައް އޮންލައިންކޮށް ނުކިޔެވޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ނިންމާފައި އޮތްއޮތުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އެމްކިއުއޭއިން މިދިޔަ އަހަރު ހެދި އީ ލާނިން ގައިޑްލައިން އޮތްގޮތް އަށް ދާއިރާއެއްގެ ކޯސްތައް އޮންލައިންކޮށް ކިޔަވައި ނުދެވެ އެވެ. އެ ގައިޑްލައިންގެ އެ މާއްދާ ގާނޫނާ ހިލާފް ކަމަށް ބުނެ ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ މަންދު ކޮލެޖް ހިންގާ މާލެ ހައި ކުންފުނިންނެވެ. އެ މައްސަލަ […]

ގާޒީ ހަސަން ސައީދު ސުލޫކާ ހިލާފެއް ނުވޭ, ސަސްޕެންޑްކުރުން ގޯސް: އިސްތިއުނާފް މަޖިލިސް
Raajje

ގާޒީ ހަސަން ސައީދު ސުލޫކާ ހިލާފެއް ނުވޭ, ސަސްޕެންޑްކުރުން ގޯސް: އިސްތިއުނާފް މަޖިލިސް

ގާނޫނާ ހިލާފަށް ކައިވެންޏެއް ކޮށްދޭން މަގުފަހިކޮށްދިން ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސަސްޕެންޑްކުރީ ގޯސްކޮށް ކަމަށާއި އޭނާ ސުލޫކާ ހިލާފު ވެފައި ނެތް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން މިއަދު ނިންމައިފި އެވެ. ގާޒީ ހަސަން ދެ ހަފުތާ އަށް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ ފެބްރުއަރީ މަހު ނިންމީ އޭނާ ފެމިލީ ކޯޓުގެ އިސްގާޒީއަކަށް 2018 ވަނަ އަހަރު ހުންނެވިއިރު، އެ ކޯޓުގެ މުވައްޒަފުންތަކެއް ސިންގަޕޫރަށް ފޮނުވައިގެން […]

ފުއްގިރި މައްސަލާގެ ނިންމުންތައް ސުޕްރީމް ކޯޓުގައި ޔާމީން އިސްތިއުނާފް ކުރަނީ
Raajje

ފުއްގިރި މައްސަލާގެ ނިންމުންތައް ސުޕްރީމް ކޯޓުގައި ޔާމީން އިސްތިއުނާފް ކުރަނީ

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކާ ގުޅޭ ގޮތުން ހައި ކޯޓުން ނިންމާފައިވާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތުން ނިންމައިފި އެވެ. ފުއްގިރި މައްސަލާގައި ޔާމީނާއި ސަން އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓާއި ކްރިކް ރިޒާގެ މައްޗަށް ދައުވާ ކުރަނީ ފުއްގިރި މައްސަލާގައި ރިޝްވަތުގެ ގޮތުގައި ކްރިކް ރިޒާ މެދުވެރިކޮށް ޔާމީން އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވަ...

މުއިއްޒަށް ކުރާ ދައުވާގެ ހުކުމް 15 ދުވަސް ތެރޭގައި އިއްވަނީ
Raajje

މުއިއްޒަށް ކުރާ ދައުވާގެ ހުކުމް 15 ދުވަސް ތެރޭގައި އިއްވަނީ

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާބިޓްރޭޝަނަކަށް ދޮގު ބަޔާނެއް ދިން ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލައި, 15 ދުވަސް ތެރޭގައި ހުކުމް އިއްވަން ހަމަޖައްސައިފި އެވެ. މުއިއްޒު 2019 ވަނަ އަހަރު ދޮގު ހެކި ދިން ކަމަށް ދައުލަތުން ތުހުމަތު ކުރަނީ ނެދަލޭންޑްސްގެ އާބިޓްރޭޝަނަށް ނޫމަޑި ރިސޯޓްސްގެ ފަރާތުން ހުށަހެޅި މައްސަލައެއްގަ އެވެ. ނޫމަޑިއާއެކު ހައުސިން މިނިސްޓްރީން ވެފައިވާ އެއްބަސްވުން އުވާލިއިރު މުއިއްޒަކީ އޭރުގެ ހައުސިން މިނިސްޓަރެވެ. […]

ގާސިމްގެ ގާތިލް އަދުހަމް މަރަން ހުކުމްކޮށްފި
Raajje

ގާސިމްގެ ގާތިލް އަދުހަމް މަރަން ހުކުމްކޮށްފި

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި އޭނާގެ ގާތިލް އަދުހަމް މުހައްމަދު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޑިސެމްބަރު، 2019 ގައި ހުޅުމާލޭގައި ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް އޭނާގެ ކަރަށް އަދުހަމް ވަޅިން ހަމަލާދިނީ ކާރުގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއަށް އަދުހަމް ކުރިން އެއްބަސްވުމަށް ފަހު، ފަހުން އޭނާ ބުނެފައިވަނީ ހަމަލާދެވުނީ […]