ފުއްގިރި ކުއްޔަށް ދެނީ ޔާމީން އެންގުމަށް ކަމަށް އަދީބު ބުނި: ޒިޔަތު
ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ މަޖިލިހުގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތު މިއަދު ހެކިބަސް ދީފި އެވެ. ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވަނިކޮށް ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަހުމަދު ކްރިކް ރިޒާ އާއި ސަން ކުންފުނިން ބައިވެރިކޮށްގެން ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުކޮށްފަ […...