ނަދީމްގެ މަރުގެ ތުހުމަތުވާ މީހުން ހައި ކޯޓުން ބަންދު ނުކުރީ ގާނޫނާ ހިލާފަށް: ދައުލަތް
މާލޭގެ ކެފޭއެއްގެ ތެރޭގައި ހަމަލާދީ ނަދީމް އިބްރާހިމްގެ މަރާލި މައްސަލައިގައި ދައުވާލިބޭ މީހުން އިސްތިއުނާފް ނިމެންދެން ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ. ޖުލައި، 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ތުނޑީ އަވަށު ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ […]