ކޭތައިގެ އަނދިރިކަން ހަނދާންކޮށްދެނީ ކަށްވަޅުގެ އަނދިރިކަން: ޚުތުބާ
ކޭތަ ހިފުމުން ދުނިޔެއަށް ވެރިވާ އަނދިރިކަން ހަނދާންކޮށްދެނީ ކަށްވަޅުގެ އަނދިރިކަންކަމަށް މިއަދު ކުރި ކޭތަ ނަމާދުގެ ޚުތުބާގައި ބުނެފިއެވެ. މިއަދު ހެނދުނު 8:50 ގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކޮށްފައިވާއިރު، ކޭތަ ނަމާދުގެ ޚުތުބާގައި ބުނީ، ކޭތަ ހިފަނީ ހަމައެކަނި ގުދުރަތީ ސަބަބުތަކާ ހެދިގެން ނޫން ކަމަށާއި، މީސްތަކުންގެ ކުށްފާފަތަކާއި އުރެދުންތައް ގިނަވަމުގެ ސަބަބުން ވެސް ކޭތަ ހިފާ ކަމަށް ކީރިތި ރަސޫލާގެ ބަސްފަޅުތަކުން ދޭހަވާ ކަމަށެވެ. ކުށްފާފަ ކުރުމާއި އުރެދުންތަކަށް އަރައިގަންނަ މީހުން...