Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,141 Stories
1,730 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

އަމިއްލަ ގޯތީގައި ގެ އަޅައިދޭން އުތީމުގައި ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް
Thiladhunmathi News

އަމިއްލަ ގޯތީގައި ގެ އަޅައިދޭން އުތީމުގައި ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް

އަމިއްލަ ފަރާތަކުން އުތީމު ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އިމާރާތް ކޮށްދިނުމުގެ ޝައުޤުވެރިކަން ފާޅުކުރުމުން އެކަމަށް އެދެން ހުޅުވާލި ފުރުސަތުގެ ދަށުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ. އަމިއްލަ ފަރާތަކުން އުތީމު ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އިމާރާތް ކޮށްދިނުމަށް ނިންމާފައި ވަނީ، ކޮންޓްރެކްޓަރ ހުށަހަޅާ ތިން ކުރެހުމެއްގެ ތެރެއިން، ގޯތީގެ ވެރިފަރާތުން ބޭނުންވާ ކުރެހުމާއި އެއްގޮތަށެވެ. އެހެންވެ، މިގޮތަށް ގެ އަޅަން ބޭނުންވ...

ޤައުމީ ސަރަޙައްދާއި ސިޔާދަތާ ބެހޭ ޚާއްޞަ މަޤާމަކަށް އާޒިމާ
Raajje

ޤައުމީ ސަރަޙައްދާއި ސިޔާދަތާ ބެހޭ ޚާއްޞަ މަޤާމަކަށް އާޒިމާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީގެ މަޤާމަށް، މ. އާސްތާނާ، ޢާއިޝަތު ޢާޒިމާ ޝަކޫރު މިއަދު ޢައްޔަންކުރައްވައިފިއެވެ. މިނިސްޓަރުގެ ފެންވަރުގައި ރައީސް އޮފީހުގެ އިސް މަޤާމަކަށް ޢައްޔަންކުރެއްވި ޢާއިޝަތު ޢާޒިމާ ޝަކޫރަކީ މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ފުރުއްވާފައިވާ، ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ތަޖުރިބާކާރު ބޭކަނބަލެކެވެ. ޢާޒިމާއަކީ ދިވެހިރާއްޖޭގެ އެންމ...

ތިލަމާލެ ބްރިޖުގެ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، މާލެއާއި ވިލިމާލެ ގުޅުވާލައިފި
Raajje

ތިލަމާލެ ބްރިޖުގެ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، މާލެއާއި ވިލިމާލެ ގުޅުވާލައިފި

ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް ކާމިޔާބުކަމާއެކު ލޯންޗުކޮށް، ދެ ރަށް އެއްގަމު މަގުން ގުޅާލައިފިއެވެ. މިއީ މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެކެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރު، އިންޑިއާގެ އެފްކޮންސް ކުންފުނިން ވިލިމާލެއާއި މާލެ ގުޅުވައިދޭ ފަހު ސެގްމަންޓު ގުޅާލުމާއެކު، ބްރިޖުގެ މި ބައިގެ މައި އޮނިގަނޑުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ފުރިހަމަވެފައެވެ....

ބަންގްލަދޭޝްގެ އިންތިޚާބީ އައު ރައީސަށް ރައީސް މުޢިއްޒުގެ ތަހުނިޔާ
Raajje

ބަންގްލަދޭޝްގެ އިންތިޚާބީ އައު ރައީސަށް ރައީސް މުޢިއްޒުގެ ތަހުނިޔާ

ބަންގްލަދޭޝްގެ ރައީސްކަމުގެ މަޤާމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ފާއިތުވި 35 އަހަރުގެ ތެރޭގައި އެ ޤައުމުގައި ވާދަވެރިކޮށް ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރެއްވުމަކީ، ބަންގްލަދޭޝްގެ ޑިމޮކްރެސީގެ ޙަޔާތުގައި ފާހަގަކޮށްލެވޭ މުހިންމު ލަނޑުދަނޑިއެއް ކަމަށާއި، އެއީ އެމަނިކުފާނަށް ރައްޔ...

ސީދާ ރައީސާ ވަކިން ބައްދަލުކުރެވޭ ''ރައްޔިތުންގެ އަޑު''ގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންދަވައިފި
Raajje

ސީދާ ރައީސާ ވަކިން ބައްދަލުކުރެވޭ ''ރައްޔިތުންގެ އަޑު''ގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންދަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުޞަތު ދެއްވުމަށްޓަކައި “ރައްޔިތުންގެ އަޑު” ގެ ނަމުގައި ބާއްވަވާ ސިލްސިލާގެ އިތުރު ބައްދަލުކުރެއްވުންތަކެއް ކުރިއަށް ގެންދަވައިފިއެވެ. މި ބައްދަލުކުރެއްވުންތަކުގެ ތެރެއިން ބައެއް ވާހަކަތައް ހިމަނައިގެން ރައީސް އޮފީހުން ވަނީ މި ސިލްސިލާގެ ދެވަނަ އެޕިސޯޑް މިއަދު މީސް މީޑިއާގެ މަންސަތަކާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) މެދުވެރިކޮށް ދުރަށް ދައްކާފައެވެ. މި ބައްދަލުވުންތަކުގައި ރައީސް ވަނީ...

ދެ މެޗުން ވެސް މޮޅުވެ ނައިވާދޫ ސެމީއަށް، ދެވަނަ ޖާގަ ނޭކުރެންދޫ އަށް
Thiladhunmathi News

ދެ މެޗުން ވެސް މޮޅުވެ ނައިވާދޫ ސެމީއަށް، ދެވަނަ ޖާގަ ނޭކުރެންދޫ އަށް

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގައި ގްރޫޕް ”ބީ”ގެ ސެމީފައިނަލްގެ ޖާގަތައް ނައިވާދޫ އަށާއި ނޭކުރެންދޫ އަށް ކަށަވަރުވެއްޖެއެވެ. މި ގްރޫޕްގެ ސެމީގެ ޖާގަތައް ކަށަވަރުވީ މިރޭ ނައިވާދޫ އާއި ކުރިނބީގެ ކުރިމަތިލުމުގައި 4-1 އިން ނައިވާދޫ މޮޅުވި މެޗަށް ފަހުއެވެ. މި ނަތީޖާއާއެކު ނައިވާދޫ ސެމީއަށް ދަތުރުކުރީ ކުޅުނު ދެމެޗުން ވެސް މޮޅުވެގެން ހަ ޕޮއިންޓާއެކުގައެވެ. ދެ މެޗުން ވެސް ބަލިވުމުން ކުރިނބީ އަށް މުބާރާތް ނިމުނުއިރު، ކުރިނބީ މެޗުން ހޯދާފައިވާ ތިން […]

ކުމުންދޫ އަތުން ހަނިމާދޫ ހޯދި މޮޅާއެކު ހަނިމާދޫ އާއި ނޮޅިވަރަންފަރު ސެމީއަށް
Thiladhunmathi News

ކުމުންދޫ އަތުން ހަނިމާދޫ ހޯދި މޮޅާއެކު ހަނިމާދޫ އާއި ނޮޅިވަރަންފަރު ސެމީއަށް

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގައި ކުމުންދޫ އަތުން ލިބުނު މޮޅާއެކު ހަނިމާދޫ އަށް ސެމީގެ ޖާގައެއް ކަށަވަރުވެއްޖެއެވެ. ދެ ގްރޫޕަކަށް ކުޅޭ މި ބުރުގައި ގްރޫޕް އޭގައި ހިމެނެނީ ހަނިމާދޫ އާއި ކުމުންދޫގެ އިތުރުން މުބާރާތް އޮންނަ ރަށްކަމަށްވާ ނޮޅިވަރަންފަރެވެ. ގްރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ މިވަގުތު ފުޓްސަލް ރަސްގެފާނު ނައިވާދޫ އާއި ނޭކުރެންދޫ އަދި ކުރިންބެވެ. މިއަދުގެ މެޗަށް ނުކުތް އިރު ގްރޫޕް ”އޭ”ގެ ނޮޅިވަރަންފަރާއި، ކުމުންދޫ އަށް ވެސް އޮތީ […]

ރާއްޖޭގެ ފުޓްސަލް ރަސްގެފާނު ނައިވާދޫ މުބާރާތް ފެށީ އިތުބާރާއެކު
Thiladhunmathi News

ރާއްޖޭގެ ފުޓްސަލް ރަސްގެފާނު ނައިވާދޫ މުބާރާތް ފެށީ އިތުބާރާއެކު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، “އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ފުރަތަމަ މެޗު ނައިވާދޫ ކާމިޔާބުކޮށްފިއެވެ. ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތަށި އުފުލާލައި، ރާއްޖޭގެ ފުޓްސަލް ރަސްގެފާނުގެ މަގާމުގައި މިވަގުތު އޮތް ނައިވާދޫ މި މެޗު ކާމިޔާބުކުރީ ނޭކުރެންދޫ އާއި ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮ...

އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިޢާރު ނެގެހެއްޓުމަށް ރައީސް ގޮވައިލައްވައިފި
Raajje

އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިޢާރު ނެގެހެއްޓުމަށް ރައީސް ގޮވައިލައްވައިފި

އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިޢާރު ނަގަހައްޓައި، ޤައުމުގެ ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ޤައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވައިލައްވައިފިއެވެ. ޤައުމީ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޤައުމީ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު، އަޅުގަނޑުމެންގެ ހަނދާންތައް ދަތުރުކުރަނީ މީގެ 467 އަހަރު ކުރީގެ މާޒީއަށް ކަމަށެވެ. އެއީ ކަނޑުގެބާޒުގެ ނަމުން އޭރު މަޝްހޫރުވި ޕޯޗުގީޒުންގެ (ފުރެތިކާލުންގެ) އިސްތިޢުމާރީ ކ...

ސާމިހްގެ ގޯލުން ހަނިމާދޫ ބަލިކޮށް ނޮޅިވަރަންފަރު ފެށުން ރަނގަޅުކޮށްފި
Thiladhunmathi News

ސާމިހްގެ ގޯލުން ހަނިމާދޫ ބަލިކޮށް ނޮޅިވަރަންފަރު ފެށުން ރަނގަޅުކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، “އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅުގެ ފުރަތަމަ މެޗު ނޮޅިވަރަންފަރު ކާމިޔާބުކޮށްފިއެވެ. ނޮޅިވަރަންފަރު މި މުހިންމު މޮޅު ހޯދީ 1-0ގެ ނަތީޖާއަކުން ހަނިމާދޫ ބަލިކޮށްގެންނެވެ.   ހަމަހަމަ ކުޅުމެއް ފެނުނު މިމެޗުގައި ނޮޅިވަރަންފަރުގެ ލަނޑު ފެނުނީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށެވެ. އެއީ ނޮޅިވަރަންފަރުގެ ޖޯޒީ ނަންބަރު 10 މުހައްމަދު...

ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް ސަމިޓަށް ރާއްޖެއިން ދެއްކި ލީޑަރޝިޕަށް ޤައުމުތަކުގެ މަންދޫބުންގެ ތައުރީފް
Raajje

ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް ސަމިޓަށް ރާއްޖެއިން ދެއްކި ލީޑަރޝިޕަށް ޤައުމުތަކުގެ މަންދޫބުންގެ ތައުރީފް

އއ. އުކުޅަހުގައި ކުރިއަށް ގެންދިޔަ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް ސަމިޓް ކާމިޔާބުކަމާއެކު އިންތިޒާމުކޮށް، ދިވެރާއްޖެއިން ދެއްކި ލީޑަރޝިޕަށް ޒިޔާރަތްކުރެއްވި ބައިނަލްއަޤްވާމީ މަންދޫބުން ތަޢުރީފު ކުރަށްވައިފިއެވެ. މި ތައުރީފް ކުރަށްވާފައި ވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންތަކުގެ އިސްވެރިންނާއި ބައިނަލްއަޤުވާމީ ވަފުދުގެ މަންދޫބުންނާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބޭއްވެވި ބައްދަލުވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ، އުކުޅަހުގައި ކުރިއަށްދިޔަ ސްމ...

ޗައިނާގެ ފަންނީ މާހިރުންނާއެކު ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއް ހަނިމާދޫގައި
Thiladhunmathi News

ޗައިނާގެ ފަންނީ މާހިރުންނާއެކު ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއް ހަނިމާދޫގައި

ހދ. ހަނިމާދޫގައި ޗައިނާގެ ފަންނީ މާހިރުން އިސްވެ ތިބެ، ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ފަނިފަކުސަ ނުވަތަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ޗައިނާ ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ތަމްރީންތައް ކުރިއަށްދަނީ އޮގަސްޓް މަހުގެ 2 އިން 6 ގެ ނިޔަލަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއ...

ކުޅުދުއްފުށީ ސިޓީގެ ތަރައްޤީއާއި މަޝްރޫޢުތަކަށް ފައިސާ ހޯދާނެ ގޮތްތަކާމެދު ޖައިކާއާއެކު މަޝްވަރާކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީގެ ތަރައްޤީއާއި މަޝްރޫޢުތަކަށް ފައިސާ ހޯދާނެ ގޮތްތަކާމެދު ޖައިކާއާއެކު މަޝްވަރާކޮށްފި

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް މިސްޓަރ މޮޓޫ ޓާކީ އާއި، ޔުނިވަރސިޓީ އޮފް ޓޯކިޔޯގެ ޕްރޮފެސަރ އަދި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ ޖައިކާ ޝޯޓް-ޓާމް އިކޮނޮމިކް ޕޮލިސީ އެޑްވައިޒަރ ޕްރޮފެސަރ ތޯޝީރޯ ނިޝިޒާވާ ކުޅުދުއްފުށި ސިޓީއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން އެ ސިޓީގެ ކައުންސިލާއެކު މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސ...

ރާއްޖޭގައި ޕޯސްޓްމޯޓަމް ފެސިލިޓީއެއް އެޅުމަށް ބިން ހަމަޖައްސައިފި
Raajje

ރާއްޖޭގައި ޕޯސްޓްމޯޓަމް ފެސިލިޓީއެއް އެޅުމަށް ބިން ހަމަޖައްސައިފި

ދިވެހިރާއްޖޭގައި އަލަށް ގާއިމްކުރުމަށް ނިންމާފައިވާ ޕޯސްޓްމޯޓަމް ފެސިލިޓީ ތަރައްގީ ކުރުމަށްޓަކައި ހުޅުމާލެ ސަހަރާ ކައިރިން ބިމެއް ހަމަޖައްސައިފިއެވެ. ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެފައި ވަނީ، ރާއްޖޭގައި ޕޯސްޓްމޯޓަމް ފެސިލިޓީ ތަރައްގީ ކުރުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެ ސަހަރާ ހުރި ބިމުން އެކަމަށް ބޭނުންވާ ޖާގަ ހަމަޖައްސައިދީފައިވާކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝ...

ޔޫތު ޕާލަމަންޓަކީ ޒުވާނުންނަށް ލިބޭނެ އެންމެ ވަރުގަދަ ފުރުޞަތު: ރައީސް
Raajje

ޔޫތު ޕާލަމަންޓަކީ ޒުވާނުންނަށް ލިބޭނެ އެންމެ ވަރުގަދަ ފުރުޞަތު: ރައީސް

ޔޫތު ޕާލަމަންޓަކީ ޒުވާނުންނަށް ލިބޭނެ އެންމެ ވަރުގަދަ ފުރުޞަތުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޕަބްލިކް ސަރވިސް މީޑިއާގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިނިވަން ދުވަހުގެ ޚިޠާބުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކީ ޒުވާނުންނަށް ޙަޤީޤީ މާނައިގައި މިނިވަންކަން އިޙްސާސްކޮށްދިނުމުގެ ވާހަކަ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ޤައުމު ހިންގުމުގެ ނިޒާމުގައި ބައިވެރިވުމާއި، ޤައުމުގެ ކަންކަމުގައި ބަސް ބުނުމުގެ މިނިވަންކަން ޒުވާނުންނަށް އޮންނަން...