ސައުދީގައި ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުކޮށްފި
ސައުދީ އަރަބިއްޔާގައި ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުކޮށްފި އެވެ. ސައުދީގެ ޓްރާންސްޕޯޓް ޖެނެރަލް އޮތޯރިޓީން މިއަގުތައް ބޮޑުކޮށްފައިވަނީ އާދިއްތަ ދުވަހުން ފެށިގެންނެވެ. އެގައުމުގެ ޓެކްސީ ތަކުގައި ބޭނުން ކުރަމުން އަންނަނީ މީޓަރ ސިސްޓަމް ތަކެވެ. އެގޮތުން، ސިޓީތަކުގެެ ތެރޭގައި ދަތުރު ކުރުމަށް 4 މީހުންނަށް ދަތުރު ކުރެވޭ ޓެކްސީއެއްގައި މިހާރު ކަނޑައަޅާފައިވަނީ ދަތުރެއް ފެށުމަށް 10 ރިޔާލެވެ. މި ބަދަލާއި އެކު މީގެ ކުރިން އިތުރަށް ދުއްވާ ކިލޯ މީޓަރަކަށް ޗާޖު ކުރަމުން އައި 1.8 ރިޔާލުގެ ބަދަލުގައި މިހާރު...