އާރުޓީއެލް ދަތުރުތައް ހއ. އަތޮޅުގައި މި މަހު ފަހުކޮޅު ފަށަނީ
ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމު “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް”ގެ ދަށުން “ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ހއ. އަތޮޅުގައި މި މަހު ފަހުކޮޅުފަށައި، ށ. އަތޮޅުގައި ޖުލައިގެ ނިޔަލަށް ފަށަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖޫން މަހުގެ ފަހުކޮޅު ހއ. އަތޮޅުގައި އާރްޓީއެލް ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާކަމަށެވ...