ކުޅުދުއްފުށީގެ މިސްކިތެއް މަރާމާތުކުރަން ހަވާލުކޮށްފި
ކުޅުދުއްފުށި ސިޓީގައި ހުންނަ މިސްކިތެއް މަރާމާތުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. ސިޓީ ކައުންސިލުން ބުނިގޮތުގައި މަރާމާތު ކުރަނީ މަސްޖިދުލް ޙަޟާރަތު މިސްކިތެވެ. އެ މަސައްކަތް ހަވާލުކުރީ ގިބްސް ޕްރައިވެޓް ލިމިޓެޑާއެވެ. 45 ދުވަސް ތެރޭގައި މަރާމާތުކޮށް ނިންމާގޮތަށް ހަވާލުކުރެވުނު މި މަޝްރޫއުގެ ޖުމްލަ އަގަކީ 1,586,860.86 (އެއްމިލިއަން ފަސްލައްކަ އައްޑިހަ ހަހާސް އައްސަތޭކަ ފަސްދޮޅަސް ރުފިޔާ އައްޑިހަހަލާރި ) ކަމަށް އެ ކައުންސިލުން ބުނެއެވެ. މި މަޝްރޫއުގެ ތެރެއިން، މިސްކިތުގެ މުށިތައް ނެގުން...