ނައިވާދޫގެ "ސުޕަރ ސަޕޯޓަރ" އަބްދުﷲގެ އަގު ވަޒަންކޮށްފި
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ވޭތުވެދިޔަ 8 މުބާރާތުގައިވެސް ނައިވާދޫ ޓީމަށް ކެނޑިނޭޅި ސަޕޯޓްކުރަމުން އަންނަ ކުޅުދުއްފުށި ސިޓީއަށް އުފަން އަބްދުﷲ މުޙައްމަދުގެ އިޚުލާޞްތެރި ސަޕޯޓުގެ އަގު، ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބުން މިއަދު ވަޒަންކޮށްފިއެވެ. ޢަބުދުﷲގެ އަގުވަޒަން ކުރަމުން ނައިވާދޫ ޓްރެއިނާސް އިން ބުނީ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ނައިވާދޫ ޓީމުން ހޯދަމުންދާ ކާމިޔާބީތަކުގެ ފަހަތުގައި އޮތް އެންމެ ބޮޑު އެއް ބާރަކީ އެ ޓީމުގެ ސަޕޯޓަރުންކަމަށެވެ. އަބްދުﷲ މުޙައްމަދަކީ ކުޅުދުއްފުށި ސިޓީއަށް ނިސްބަތ...