Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,143 Stories
2,491 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

ކޮވިޑް-19: ފޯކައިދޫއިން ގެންދިޔަ މީހާ އާއިއެކު ތިން މީހުން ނެގަޓިވް
Raajje

ކޮވިޑް-19: ފޯކައިދޫއިން ގެންދިޔަ މީހާ އާއިއެކު ތިން މީހުން ނެގަޓިވް

ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއަށް ޝައްކުވެގެން ކަރަންޓީނު ކުރި ށ. ފޯކައިދޫއަށް ނިސްބަތްވާ ކުރެއްދޫ މުވައްޒަފާއި، ފަރުކޮޅު ފުށީގައި އައިސޮލޭޓް ކޮށްފައިވާ ޔުނިވަރސަލް ޓިކެޓިންގ އޮފީހުގެ މުވައްޒަފަކާއި އިތުރު މީހެއް ކޮރޯނާއަށް ނެގެޓިވްވެފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފި އެވެ. އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް 19 އަށް ޝައްކުވެގެން ބައްޔަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގި ތިން މީހަކު ބައްޔަށް ނެގެޓިވް ވެފައިވާކަމަށެވެ. އޭގެ ތެރޭގައި ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ އެމިރޭޓް...

ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 6 އަށް
Raajje

ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 6 އަށް

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 6 އަށް އަރައިފިއެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 6 އަށްއެރީ ކުރެއްދޫ އައިލެންޑް ރިސޯޓުން އިތުރު 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ. ސަރުކާރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން އިއުލާނު ކުރެއްވީ ކޮވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ ސްޕޯކްސްޕާރސަން މަބްރޫކް އަޒީޒެވެ. އާދިއްތަ ދުވަހުގެރޭ އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ވަނީ ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރި […]

ރައްކާތެރި ވުމަށް ފްލައިޓްތައް އައުން ހުއްޓާލާނަމަ ހުރިހާ ޤައުމަކުން އައުން ހުއްޓާލަންޖެހޭ: މަޖިލިސް ރައީސް
Raajje

ރައްކާތެރި ވުމަށް ފްލައިޓްތައް އައުން ހުއްޓާލާނަމަ ހުރިހާ ޤައުމަކުން އައުން ހުއްޓާލަންޖެހޭ: މަޖިލިސް ރައީސް

ކޮވިޑް-19 އިން ރައްކާތެރި ވުމަށް ފްލައިޓްތައް އައުން ހުއްޓާލާނަމަ ހުރިހާ ޤައުމަކުން އައުން ހުއްޓާލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައި ވާހަކަ ދައްކަވަމުންނެވެ. ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވަން، އެ ބަލި ފެތުރޭ ގައުމުތަކުން ރާއްޖެއަށް މީހުން އައުން ވަގުތީ ގޮތުން ހުއްޓުވާފައި އޮތް އޮތުމާ ދެކޮޅު ހަދައި ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ރައްޔި...

ޖުމައިރާ ގޮނޑުދޮށުން ކިނބުލެއް ފެނިއްޖެ
Raajje

ޖުމައިރާ ގޮނޑުދޮށުން ކިނބުލެއް ފެނިއްޖެ

މާލެ އަތޮޅު ޖުމެއިރާ ވިޓަވެލި ރިސޯޓުގެ ގޮނޑުދޮށުން ހަތަރު ފޫޓުގެ ކިނބުލެއް މިއަދު ފެނިއްޖެއެވެ. އެމްއެންޑީއެފުން ބުނީ މި ކިނބޫ ފެނިގެން އެމްއެންޑީއެފް ކޯސްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް (އެމްއާރްސީސީ) ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 10:32 ހާއިރު ކަމަށެވެ. މި ކިނބޫ ފެނިފައިވަނީ އެ ރިސޯޓުގެ ގޮނޑުދޮށުގައި އޮއްވައި އެ ރަށުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކަށް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. “މި ކިނބުލާއި 15 ފޫޓަށް ކައިރިވިތަނުން ކިނބޫ މޫދަށް ފައިބައިގެން ދިޔައީ […]

ކޮވިޑް-19އަށް ރާއްޖޭގައި ދާއިމީކޮށް ޓެސްޓުކުރެވޭނެ ގޮތް ހަދައިފި
Raajje

ކޮވިޑް-19އަށް ރާއްޖޭގައި ދާއިމީކޮށް ޓެސްޓުކުރެވޭނެ ގޮތް ހަދައިފި

ކޮވިޑް-19އަށް ރާއްޖޭގައި ދާއިމީ ގޮތެއްގައި ޓެސްޓު ކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ. އެކަން ހާމަކުރެއްވީ ކޮވިޑް-19އާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ސިލްސިލާކޮށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އޮފް ހެލްތު ޢަބްދު ﷲ އަމީނެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވި އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ދާއިމީ ގޮތެއްގައި ކޯވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. މިހާތަނަށް ރާއްޖޭގައި 24 ސާމްޕަލެއް ޓެސްޓުކޮށްފަ...

ސަޢޫދީގެ ޤާޠިފް ޞަރަޙައްދު ކަރަންޓީން ކުރަން ނިންމައިފި
International

ސަޢޫދީގެ ޤާޠިފް ޞަރަޙައްދު ކަރަންޓީން ކުރަން ނިންމައިފި

ސަޢުދީއަރަބިއްޔާގެ ޤާޠިފް ޞަރަޙައްދު ކަރަންޓީން ކުރަން ނިންމައިފިއެވެ. ސަޢުދީޢަރަބިއްޔާގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި، އެޤައުމުގެ ސަރުކާރުން މިއަދު ވަނީ އެޤައުމުގެ އިރުމަތީ ޕްރޮވިންސްގެ ޤާޠިފް ޞަރަޙައްދު “ލޮކްޑައުން”ކޮށް ކަރަންޓީން ކުުރުމަށް ނިންމާފައެވެ. އެގޮތަށް ސަރުކާރުން ނިންމާފައިވަނީ އެ ޞަރަޙައްދުން 11 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހިފެހެއްޓުމެއްނެތި ފެތުރިދާނެކަމުގެ ބިރު އޮތުމުންކަމަށްވެއެވެ. ޤާޠިފް ޞަރަޙައްދުގެ ސަރުކާރު އޮފީސްތަކާއި، ޢާންމު ޚިދުމަތްދެ ތަންތަންވެސް މުއްދަތެއް...

ފޯކައިދޫގައި ހުރި ދިވެއްސެއް ޓެސްޓު ހެދުމަށް ފަރުކޮޅުފުއްޓަށް ގެންދަނީ
Raajje

ފޯކައިދޫގައި ހުރި ދިވެއްސެއް ޓެސްޓު ހެދުމަށް ފަރުކޮޅުފުއްޓަށް ގެންދަނީ

ށ. ފޯކައިދޫގައި ހުރި ދިވެއްސެއް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް ފަރުކޮޅުފުއްޓަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް ށ.ފޯކައިދޫއިން ފަރުކޮޅުފުއްޓަށް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މި މީހާއަކީ ކުރެއްދޫ ރިސޯޓްގެ މުވައްޒިފެއްކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ. #ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް...

އިންތިހާބު ފަސް ކުރުމާއި މެދު ޕާޓީތަކާއި އެކު މަޝްވަރާ ކުރަނީ
Raajje

އިންތިހާބު ފަސް ކުރުމާއި މެދު ޕާޓީތަކާއި އެކު މަޝްވަރާ ކުރަނީ

ކޮވިޑް-19 ގެ ސަބަބުންނާއި އަދި އެ ވައިރަސް މިހާރު ދިވެހިރާއްޖެއިން ވެސް ފެނިފައިވާތީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާއި އެކުގައި ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރޭ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ […]

ނޮޅިވަރަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 4 ގޮނޑި ކަށަވަރުވެއްޖެ
Thiladhunmathi News

ނޮޅިވަރަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 4 ގޮނޑި ކަށަވަރުވެއްޖެ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ހދ. ނޮޅިވަރަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރާ 5 ގޮނޑީގެ ތެރެއިން 4 ގޮނޑި، ކުރިމަތިލީ ކެނޑިޑޭަޓުންނަށް ކަށަވަރު ވެއްޖެއެވެ. ނޮޅިވަރަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 5 ގޮނޑީގެ ތެރެއިން 4 ގޮނޑި ކަށަވަރުވީ އެމްޑީޕީގެ 2 ކެނޑިޑޭޓުންނަށާއި، ޕީޕީއެމް 2 ކެނޑިޑޭޓުންނަށެވެ. އެމްޑީޕީން ދެގޮނޑި ކަށަވަރުކުރީ، ޢާއިޝަތު އާދަމް، ވެސްޓްސައިޑް/ހދ. ނޮޅިވަރަން އަދި ޙައްވާ ޒާހިރާ، އިޙްސާސް/ހދ....

ހިރިމަރަދޫގައި ޢިމާރާތްކުރާ ދެކޮޓަރީގެ އެޕާރޓްމަންޓްގެ މަޝްރޫޢު އިފްތިތާޙު ކޮށްފި
Thiladhunmathi News

ހިރިމަރަދޫގައި ޢިމާރާތްކުރާ ދެކޮޓަރީގެ އެޕާރޓްމަންޓްގެ މަޝްރޫޢު އިފްތިތާޙު ކޮށްފި

ހދ.އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރެއިން، ހިރިމަރަދޫގައި ޢިމާރާތްކުރާ ދެކޮޓަރީގެ އެޕާރޓްމަންޓްގެ މަޝްރޫޢު އިފްތިތާޙުކޮށް، ކޮންޓްރެކްޓަރާއެކު ސޮއިކޮށްފިއެވެ. މިކަމަށްޓަކައި، 05 މަރޗް 2019 ވީ ބުރާސްފަތި ދުވަހު، ހިރިމަރަދޫ ސްކޫލުގައި ބޭއްވުނު ރަސްމިއްޔާތުގައި މިމަޝްރޫޢު އިފްތިތާހު ކޮށްދެއްވީ ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އާދަމް ޢަލީއެވެ. މިރަސްމިއްޔާތުގައި ވަަނީ ދެކައުންސިލް ގުޅިގެން މިމަސައްކަތް ކުރުމަށް، ހދ.އަތޮޅު ކަ...

ބަތަލާ އައިލަންޑް ރިސޯޓަށް އަރާ ފޭބުން ވަގުތީ ގޮތުން ހުއްޓުވައިފި
Raajje

ބަތަލާ އައިލަންޑް ރިސޯޓަށް އަރާ ފޭބުން ވަގުތީ ގޮތުން ހުއްޓުވައިފި

އއ. އަތޮޅު ބަތަލާ އައިލަންޑް ރިސޯޓަށް އަރާ ފޭބުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ. އެކަމާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ބަތަލާ އައިލަންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން މޮނިޓަރކުރުމާއި، ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަރިއަތޮޅު ދެކުނުބުރި، ސޭންޑީޒް ބަތަލާ އައިލަންޑް ގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއެއް #ކޯވިޑް19 އަށް ޝައްކުކުރެ...

ކޯވިޑް-19: ސަމަރ އައިލެންޑް ރިސޯޓުން ޓެސްޓުކުރި 7 މީހުން ނެގެޓިވު
Raajje

ކޯވިޑް-19: ސަމަރ އައިލެންޑް ރިސޯޓުން ޓެސްޓުކުރި 7 މީހުން ނެގެޓިވު

ކ. އަތޮޅު ޒިޔާރަތް ފުށީގައި ތަރައްޤީކޮށްފައިވާ ސަމަރ އައިލެންޑް ރިސޯޓުން ‎ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސާމްޕަލް ނަގާ ޓެސްޓްކުރި 7 މީހުން އެވައިރަސްއަށް ނެގެޓިވު ވެއްޖެއެވެ. އެޗްޕީއޭއިން ބުނީ ‏‎ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސަމަރ އައިލަންޑް ރިސޯޓުން ސާމްޕަލް ނަގާ ޓެސްޓްކުރި 7 މީހުން ވަނީ ‎ކޯވިޑް19 އަށް ނެގަޓިވް ވެފައި ކަމަށެވެ. #ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސަމަރ އައިލަންޑް ރިސޯޓުން ސާމްޕަލް ނަގާ ޓެސްޓްކުރި 7 މީހުން […]

މިހާތަނަށް ރާއްޖޭގައި 33 ފަރާތެއް ކޮވިޑް19 އަށް ޓެސްޓް ކޮށްފައިވޭ: އެޗްޕީއޭ
Raajje

މިހާތަނަށް ރާއްޖޭގައި 33 ފަރާތެއް ކޮވިޑް19 އަށް ޓެސްޓް ކޮށްފައިވޭ: އެޗްޕީއޭ

ރޭގެ 8 ޖެހުމާއި ހަމައަށް ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވިފައިވަނީ 33 ފަރާތެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ބަލި ޖެހިފައިވާ ދެ މީހަކު ދިވެހިރާއްޖެއިން ފެނިއްޖެކަމަށް އިޢުލާންކޮށް އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޓެސްޓުކުރި 33 މީހުންގެ ތެރެއިން މިހާތަނަށް 31 ފަރާތެއް ނެގެޓިވްވެފައިވާކަމަށެވެ. މިވަގުތު ބަލިން ރައްކާތެރިވުމުގެ ގޮތުން، ޢާންމު ސާފުތާހިރުކަން ކަށަވަރު ކުރުމަށް ޚާއްޞަ...

ކޮންމެ ސިޓިން ރޫމަކީ ކާޑު ގުދަނަކަށް ނުހައްދަވާ، ކޮޓަރިއަކީ ކަންމަތީ ފިހާރައަކަށް ނުހައްދަވާ: އެސްޓީއޯ އެމްޑީ
News

ކޮންމެ ސިޓިން ރޫމަކީ ކާޑު ގުދަނަކަށް ނުހައްދަވާ، ކޮޓަރިއަކީ ކަންމަތީ ފިހާރައަކަށް ނުހައްދަވާ: އެސްޓީއޯ އެމްޑީ

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާޑުގެ ސްޓޮކް އެބަހުރި ކަމުގައި އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން އަމުރު ވިދާޅުވެއްޖެއެެވެ. މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސް އެއްގައި އަމްރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އެހެނިހެން އަސާސީތަކެތި ދަތި ނުވެ ލިބޭނެކަމަށެވެ. އެހެންކަމުން ގިނަ އަދަދަށް ކުއްލިއަކަށް ކާޑުގެ ބާވަތްތައް ގަނެ ޖަމާނުކުރުމަށް އެދޭ ކަމަށެވެ. ކޮންމެ ސިޓިން ރޫމަކީ ކާޑު ގުދަނަކަށް ނުހައްދަވާ، ކޮޓަރިއަކީ ކަންމަތީ ފިހާރައަކަށް ނުހައްދަވާ، ޕެ...

ކޮވިޑް-19 އަށް ރާއްޖޭން ދެ މީހަކު ޕޮޒިޓިވް ވެއްޖެ
Raajje

ކޮވިޑް-19 އަށް ރާއްޖޭން ދެ މީހަކު ޕޮޒިޓިވް ވެއްޖެ

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ގެ އަލާމާތްތައް ހުރެގެން ރާއްޖޭން މިހާތަނަށް ޓެސްޓްކުރި މީހުންގެ ތެރެއިން ރިސޯޓެއްގެ ދެ މުވައްޒަފަކު އެ ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ. ކުރެއްދޫން ބައްޔަށް ޝައްކުވާ ބަޔަކު ޓެސްޓްކުރާ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ މީހަކު އެނބުރި ދިއުމަށް ފަހު، އޭނާ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެންގި ހިސާބުން. ކުރެއްދޫން އެ ރިސޯޓުގެ ޑޮކްޓަރާއި އިތުރު މީހަކު އިއްޔެ ކަރަންޓީނުކޮށް މިހާރު ވަނީ ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓީ […]