ފިލިޕީންސްގައި ތިބި މެޑިކަލް ކިޔަވާ ރާއްޖޭގެ ދަރިވަރުން މިރޭ ރާއްޖެ އަންނަން ފުރަނީ
ފިލިޕީންސްގައި ތިބި މެޑިސިން ކިޔަވާ 47 ދިވެހި ދަރިވަރަކު މިރޭ ރާއްޖެ އަންނަން ފުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ހާމަ ކުރަށްވައިފިއެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮތް ގޮތް ރައްޔިތުންނާއި ހިއްސާކުރެއްވުމަށް ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެނެސްގައި އެސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިރޭގެ ވަގުތެއްގައި ފިލިޕީންސްގައި ތިބި 47 ދިވެހި ދަރިވަރަކު ރާއްޖެ އަންނަން ފުރާނެ ކަމަށެވެ. އެ ކުދިން ގަތަރަށް ގޮސ...