މިލަންދޫ މޮނިޓަރިންގ ހާލަތުން ނަގައިފި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ށ. މިލަންދޫ މޮނިޓަރިންގ ހާލަތުން ނަގައި، އެރަށަށް އެކަން އަންގައިފިއެވެ. ކޯވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައީ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 13:12 ގައެވެ. އެރަށް މޮނިޓަރިންގ ހާލަތުން ނެގިކަން އަންގައި އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށުގެ މޮނިޓަރިންގ ހާލަތު އުވާލި ސަބަބަކީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ގޮތުން އާންމު […]