ނައިވާދޫގެ ބަނދަރާއި ގޮނޑުދޮށް ސާފުކުރުމުގެ ބޮޑު ހަރަކާތެއް
ހދ.ނައިވާދޫގެ ބަނދަރު ސަރަޙައްދާއި ގޮނޑުދޮށް ސަރަޙައްދު ސާފުކުރުމުގެ ހަރަކާތެއް ބޭއްވުމަށް އެ ކައުންސިލުން ނިންމައިފިއެވެ. ނައިވާދޫ ކައުންސިލުން ބުނެފައި ވަނީ މި ހަރަކާތަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީމެއް އެރަށަށް ކުރަން ހަމަޖެހިފައިވާ ޒިޔާރަތާއި ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތެއް ކަމަށެވެ. އެ ޓީމަކީ ޗާލު ދިވެހިރާއްޖެ އެވޯޑަށް އެރަށް ނޮމިނޭޓްވެފައިވާތީ ކުރާ އެ ރަށަށް ޒިޔާރަތްކުރާ ޓީމެކެވެ. ނައިވާދޫގެ ބަނދަރު ސަރަޙައްދާއި ގޮނޑުދޮށް ސަރަޙައްދު ސާފުކުރުމުގެ ހަރަކާތް ފެށ...