ދަރިން ތަރުބިއްޔަތުކުރުމުގެ ޚާއްޞަ ސެޝަނެއް މަކުނުދޫ ބެލެނިވެރިންނަށް ބާއްވަނީ
ހދ.މަކުނުދޫ ބެލެނިވެރިންނަށް ޢަމާޒުކޮއްގެން، ދަރިން ތަރުބިއްޔަތުކުރުމުގެ ޚާއްސަ ސެޝަނެއް ބޭއްވުމަށް ނިންމައިފިއެވެ. މަކުނުދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ(އތމ) ގުޅިގެން ކުރިއަށް ގެންދާ މި ސެޝަނަކީ، ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް އަޙުލުވެރި ކުރުމުގެ މަޤްޞަދުގައި ބާއްވާ ސެޝަނެކެވެ. މި ސެޝަންގެ މުދައްރިބް، އައްޝައިޙް އަޙްމަދު ރިފްޢަތު “ތިލަދުން”އަށް މަޢުލޫމާތު ދެއްވި ގޮތުގައި މި ސެޝަނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލާނީ، އިސްލާމީ ތަރުބިއްޔަތުގެ މުޙިއ...