މަޑަގަސްކަރައިގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފި
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ހަކަތަ ފޯރުކޮށްދިނުމަށް ބުރޫއަރާފައިވާތީ، މަޑަގަސްކަރައިގެ ހަކަތައިގެ ދާއިރާގައި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އެޤައުމުގެ ކެބިނެޓުން އިޢުލާނުކޮށްފިއެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އެފްރިކާގެ ގިނަ ޤައުމުތަކަކުން އަންނަނީ ތެލުގެ އަގު ބޮޑުކުރުމާއި، ހަކަތަ އިގްތިސާދު ކުރުމުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން ކަރަންޓު ކަނޑާލައިގެން ކޮންޓްރޯލް ކުރަން ފަށާފައެވެ. “މި ނިންމުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، މު...