އީރާނު ހަނގުރާމައަށް ފޮނުވި ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު އަނބުރާ އެމެރިކާއަށް ގެންދަނީ
އީރާނާއި ދެކޮޅު ހަނގުރާމައަށް އެމެރިކާއިން ފޮނުވި ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު، ”ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް” އަނބުރާ ގައުމަށް ގެންދަން ނިންމައި، އެ މަނަވަރު މެދުއިރުމަތި ދޫކޮށް އެނބުރި ގައުމަށް ދިއުމަށް ފުރަން ތައްޔާރުވަމުން އަންނަކަމަށް އެމެރިކާގެ އޮފިޝަލުން ހާމަކޮށްފިއެވެ. މިއީ ވޭތުވެދިޔަ 10 މަސްދުވަހު އެ މަނަވަރުގައި މަސައްކަތްކުރި 4،500 އެއްހާ ފަޅުވެރިންނަށް ލިބޭނެ ބޮޑު ލުޔެއް ނަމަވެސް، މިއީ އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތައް ހުއްޓިފައިވާ ދަނ...