ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރީ 10 ޤައުމުގެ ތެރޭގައި ޔަމަން ހިމެނޭ: ޗައިނާ
ދުނިޔޭގެ އަސްކަރީ ބާރުތަކުން ދެމުންދާ ހަމަލާތަކާއި އިންޒާރުތަކަށް ފަސްޖެހުމެއްނެތި ޔަމަނުގެ ޚޫތީން އިސްރާޢީލާ ދެކޮޅަށް ފަށާފައިވާ އަސްކަރީ އޮޕަރޭޝަންގެ ތެރެއިން ޔަމަނުގެ އަސްކަރީ ޤާބިލުކަން އިތުރުވެގެން ގޮސްފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށް ޗައިނާއިން ބުނެފިއެވެ. ޔަމަނުން ބޭނުންކުރަމުންދާ އެންމެ ޒަމާނީ އަސްކަރީ ހަތިޔާރު ތަކުގެ ސަބަބުން އެމެރިކާގެ މަނަވަރުތައް ރަތްކަނޑުގައި ހަރަކާތްތެރިވުން ހުއްޓިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ދުރުރާސްތާ މިސައިލްތަކާއި ޒަމާނީ ޑްރޯން ހަމަލާތަ...