ޝައިޚް ސުދެއިސްގެ ނަމުގައި ދޮގު ވީޑިއޯއެއް ފަތުރާތީ ސަމާލުވާން އަންގައިފި
މައްކާގެ މަސްޖިދުލް ޙަރާމާއި މަދީނާގެ މަސްޖިދުއް ނަބަވީގެ ކަންތައްތައް ބަލަހައްޓާ އިދާރާގެ ވެރިޔާ ޝައިޚް ޑރ. އަބްދުއްރަޙްމާން އައް-ސުދައިސްގެ ނަމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކޮށްގެން ހަދާފައިވާ ދޮގު ވީޑިއޯއެއް ފެތުރުމާ ގުޅިގެން އެ އިދާރާއިން އެކަން އާންމުންގެ ސަމާލުކަމަށް ގެނެސްފިއެވެ. ދާދި ފަހުން އިޖްތިމާއީ ވިއުގަތަކުގައި ފެތުރުނު މި ވީޑިއޯގައި ޝައިޚް ސުދައިސް އިސްލާމްދީނާ ޚިލާފު ވާހަކަތަކެއް ދައްކާ ކަމަށް ދައްކުވައިދޭ މަންޒަރުތަކެއް ހިމަނާފައިވެއެވެ. މިއީ ޙަރަމައިންގެ އިމާމު...