އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މެދުވެރިއެއްގެ ރޯލް އަދާކުރުމަށް ތުރުކީ ތައްޔާރު
އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށް ވާހަކަ ދެއްކުމަށް މެދުވެރިއެއްގެ ރޯލް އަދާކުރުމަށް ތުރުކީ ތައްޔާރަށް އޮތްކަމަށް އުރުދުޣާން ވިދާޅުވެއްޖެއެވެ. ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްއާ ފޯނުން ވާހަކަދައްކަވައި، އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށް ތުރުކީން “އެންމެ މަތީ ދަރަޖައަކަށް” މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ. މި ވާހަކަފުޅުތައް ދައްކަވާފައިވަނީ ބުދަ ދުވަހުއެވެ. ތުރުކީގެ ކޮމިއުނިކޭޝ...