Skip to main content

އަޙްމަދު ދާއޫދު

Viewer
🇲🇻 ތިލަދުން Desk
1,134 Stories
32 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ދާއޫދު

ޢަރަބި އިސްލާމީ ސަމިޓަކަށް ސައޫދީން ގޮވާލައިފި
International

ޢަރަބި އިސްލާމީ ސަމިޓަކަށް ސައޫދީން ގޮވާލައިފި

ޢަރަބި އިސްލާމީ ސަމިޓަކަށް ސައޫދީއަރަބިއްޔާއިން ގޮވާލައިފިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި، ފަލަސްތީނުގެ ސަރަޙައްދުތަކާއި ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޢަރަބި އިސްލާމީ ސަމިޓެއް ބޭއްވުމަށް ގޮވާލައްވައިފައިވާއިރު، މި ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނެވެ. މީގެ އިތުރުން، ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގެ ޙާލަތު ސިޔާސީ ގޮތުނ...

އިސްރާއީލުގެ ދިފާއީ ވަޒީރު މަގާމުން ވަކިކޮށްފި
International

އިސްރާއީލުގެ ދިފާއީ ވަޒީރު މަގާމުން ވަކިކޮށްފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ގައުމުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ވަޒީފާއިން ވަކިކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ޣައްޒާއާއި ލުބުނާންގައި ހިނގަމުންދާ ހަނގުރާމަތައް ބެލެހެއްޓުމާ ގުޅޭގޮތުން ދެ ފަރާތުގެ ދެމެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަތަންޔާހޫ ބުނާ ގޮތުގައި އޭނާއާއި ގަލަންޓާ ދެމެދު ވަރަށް ގިނަ ފަރަގުތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވެއެވެ. މި ފަރަގުތަކަކީ ޣައްޒާއާއި ލުބުނާންގައި ހިނގަމުންދާ ހަނގުރާމަތައް ބެލެހެއްޓުމުގައި ދިމ...

އެމެރިކާގެ ރިޔާސީ އިންތިޚާބު: ނަތީޖާ އެނގޭނީ ކޮންއިރަކުން؟
International

އެމެރިކާގެ ރިޔާސީ އިންތިޚާބު: ނަތީޖާ އެނގޭނީ ކޮންއިރަކުން؟

އެމެރިކާގެ ވޯޓަރުން އެ ޤައުމަށް ދެން އަންނާނެ ރައީސަކު ހޮވުމަށް މިއަދު (އަންގާރަ ދުވަހު) ވޯޓުލާން ފަށާފައިވާއިރު، މިއިންތިޚާބުގެ ނަތީޖާ އެނގޭނީ ކޮންއިރަކުންތޯ މިއީ ވަރަށް ގިނަބަޔަކު އުންމީދުކުރާނެކަމެކެވެ. އާންމު ގޮތެއްގައި އެމެރިކާގެ އިންތިޚާބުތަކުގެ ނަތީޖާ ވޯޓުލުން ނިމޭތާ ގަޑިއިރުތަކެއްގެ ތެރޭގައި އިއުލާނުކުރެވޭ ނަމަވެސް، މިއަހަރުގެ ވާދަވެރި އިންތިޚާބުގައި ނަތީޖާ އެނގުމަށް ދިގު މުއްދަތެއް ނަގާފާނެ ކަމަށް ބެލެވެއެވެ. ފުރަތަމަ ވޯޓު ފޮށިތައް ބަންދުކުރާނީ އަންގާރަ ދުވަހުގެ ރޭ 18:00 އީ.އެސް.ޓީ (23:...

ޓިކްޓޮކްގެ މައްޗަށް ފަރަންސޭސި 7 އާއިލާއަކުން ދައުވާ ހުށަހަޅައިފި
International

ޓިކްޓޮކްގެ މައްޗަށް ފަރަންސޭސި 7 އާއިލާއަކުން ދައުވާ ހުށަހަޅައިފި

ޓިކްޓޮކް އެޕްލިކޭޝަންގައި ދައްކާ ނޭދެވޭ ކޮންޓެންޓްގެ ސަބަބުން އެމީހުންގެ ދަރިންނަށް ގެއްލުން ލިބި، އޭގެ ތެރެއިން ދެކުދިން 15 އަހަރުގައި އަމިއްލައަށް މަރުވެފައިވާކަމަށް ބުނެ ފަރަންސޭސި 7 އާއިލާއަކުން ޓިކްޓޮކްގެ މައްޗަށް ދައުވާ ހުށަހަޅައިފިއެވެ. މި މައްސަލައިގައި ބުނެފައިވާ ގޮތުގައި ޓިކްޓޮކްގެ އެލްގޮރިދަމްގެ ސަބަބުން އެ 7 ޓީނޭޖަރުންނަށް އަމިއްލައަށް މަރުވުމާއި، އަމިއްލައަށް ގެއްލުން ދިނުމާއި، ކެއުމުގެ އާދަތަކާ ގުޅޭ މައްސަލަތަކަށް ހިތްވަރުދޭ ވީޑިއޯތައް ދައްކާފައިވެއެވެ. މި މައްސަލަ ހުށަހަޅާފައިވަނީ...

މޮރިޝަސްގައި ސޯޝަލް މީޑިއާ މަނާކުރުމުގެ ނިންމުން ބަދަލުކޮށްފި
International

މޮރިޝަސްގައި ސޯޝަލް މީޑިއާ މަނާކުރުމުގެ ނިންމުން ބަދަލުކޮށްފި

މޮރިޝަސްގެ ސަރުކާރުން ހޮނިހިރު ދުވަހު ސޯޝަލް މީޑިއާ މަނާކުރުމަށް ނިންމި ނިންމުން އަނބުރާ ބަދަލުކޮށްފިއެވެ. މި ނިންމުމަކީ އެގައުމުގެ އާންމު އިންތިޚާބާ ހަމައަށް ސޯޝަލް މީޑިއާ މަނާކުރުމަށް ނިންމާފައިވާ ނިންމުމެކެވެ. މި ނިންމުން ނިންމާފައިވަނީ ފޯނު ކޯލްތަކެއް ލީކްވުމާ ގުޅިގެންނެވެ. ސޯޝަލް މީޑިއާ މަނާކުރުމުގެ ނިންމުން ދެމިއޮތީ 24 ގަޑިއިރުއެވެ. މި މުއްދަތުގައި އެ ޤައުމުގެ ރައްޔިތުންނަށް ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް އަދި އެކްސް (ކުރީގެ ޓްވިޓަރ) ބޭނުން ނުކުރެވުނެވެ. މި މަނާކުރުން ދެމިއޮންނާނެކަމަށ...

ސްޕެއިންގައި ފެންބޮޑުވުމުގެ ހާދިސާ: 217 މަރު، އިތުރު ނުރައްކާ ކުރިމަތިވަނީ
International

ސްޕެއިންގައި ފެންބޮޑުވުމުގެ ހާދިސާ: 217 މަރު، އިތުރު ނުރައްކާ ކުރިމަތިވަނީ

ސްޕެއިންގެ ކެޓަލޯނިއާ ސަރަޙައްދަށް ކުރިމަތިވި ގަދަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ 217 މީހުން މަރުވެފައިވާއިރު، އަދިވެސް އިތުރު ނުރައްކާތަކާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑުަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އެގޮތުން މި ހާދިސާގައި މަރުވި މީހުން އިތުުރުވުމުގެ ފުރުޞަތު އޮތްއިރު، އިތުރު ސަރަޙައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ބިރުވެރިކަން އުފެދިފައިވާ ކަމަށް އެ ޤައުމުގެ އިސް ފަރާތްތަކުން މަޢުލޫމާތު ދީފައިވެއެވެ. މި ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ސްޕެއިންގެ އިރުމ...

މައިކްރޯސޮފްޓުން "ވިންޑޯސް އިންޓެލިޖެންސް" ތައާރަފުކުރަނީ
International

މައިކްރޯސޮފްޓުން "ވިންޑޯސް އިންޓެލިޖެންސް" ތައާރަފުކުރަނީ

މައިކްރޯސޮފްޓުން އައު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބްރޭންޑެއް ކަމަށްވާ “ވިންޑޯސް އިންޓެލިޖެންސް” ތަޢާރަފުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ. ވިންޑޯސް 11 ގެ ކޯޑަށް ގެނެވުނު އެންމެ ފަހުގެ އަޕްޑޭޓްތަކުން މިކަން ދައްކުވައިދޭ ކަމަށް ބެލެވެއެވެ. މި ބަދަލާއެކު މައިކްރޯސޮފްޓުގެ ހުރިހާ އޭއައި ފީޗަރތަކެއް އެއް ބްރޭންޑެއްގެ ދަށަށް ގެނެވި، ވިންޑޯސްގެ ތަޖުރިބާގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ. މިހާރު މައިކްރޯސޮފްޓުގެ މައިގަނޑު އޭއައި ފީޗަރަކީ ކޮޕައިލެޓެ...

ބީބީސީގެ ކަވަރޭޖް އިޒްރޭލަށް ބުރަވާކަމަށް މުވައްޒަފުން ތުހުމަތުކޮށްފި
International

ބީބީސީގެ ކަވަރޭޖް އިޒްރޭލަށް ބުރަވާކަމަށް މުވައްޒަފުން ތުހުމަތުކޮށްފި

ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (ބީބީސީ) އިން ޣައްޒާގެ ހަނގުރާމައިގެ ޚަބަރުތައް ގެނެސްދިނުމުގައި އިޒްރޭލަށް ބުރަވާކަމަށް ބުނެ، އެ މުއައްސަސާގެ 100 އަށްވުރެ ގިނަ މުވައްޒަފުން ސޮއިކޮށްފައިވާ ސިޓީއެއް ބީބީސީގެ ޑިރެކްޓަރ ޖެނެރަލް ޓިމް ޑޭވީއަށް ފޮނުވާފައިވާ ކަމަށް އިނގިރޭސި ނޫސް “ދި އިންޑިޕެންޑެންޓް” އިން ހާމަކޮށްފިއެވެ. ބީބީސީގެ މުވައްޒަފުންގެ އިތުރުން އެހެނިހެން މީޑިއާ ދާއިރާގެ ފަރާތްތަކުންވެސް މި ސިޓީގައި ސޮއިކޮށްފައިވާ ކަމަށް އިންޑިޕެންޑެންޓުން ބުނެއެވެ. މީގެ ތެރޭގައި ކުރީގެ ސީނިއަރ މިނިސްޓަރ...

އަންރުވާ ހުއްޓުވާލުމުން ފަލަސްތީނު ކުދިންގެ ތަޢުލީމަށް ނޭދެވޭ އަސަރުކުރާނެ: އދ
International

އަންރުވާ ހުއްޓުވާލުމުން ފަލަސްތީނު ކުދިންގެ ތަޢުލީމަށް ނޭދެވޭ އަސަރުކުރާނެ: އދ

އަންރުވާ ހުއްޓުވާލުމުން ފަލަސްތީނު ކުދިންގެ ތަޢުލީމަށް ނޭދެވޭ އަސަރުކުރާނެ ކަމަށް އދ. އިން ބުނެފިއެވެ. ޔޫއެންގެ ފަލަސްތީނު ރެފިއުޖީންގެ އެޖެންސީ (އަންރުވާ) ގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒަރީނީ އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ އަންރުވާ ހުއްޓުވާލުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ޣައްޒާގައި ހިނގަމުންދާ އިސްރާއީލުގެ ހަނގުރާމަ ނިންމުމަށް އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތްކުރުމަށް އިސްކަންދޭންވާނެ ކަމަށެވެ. ލަޒަރީނީ ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އަންރުވާ ހުއްޓުވާލައިފިނަމަ ފަލަސްތީނު ކުދިނ...

ސެމްސަންގް ވަން ޔޫއައި 7 ބީޓާ ނޮވެމްބަރުގައި ނެރެނީ
International

ސެމްސަންގް ވަން ޔޫއައި 7 ބީޓާ ނޮވެމްބަރުގައި ނެރެނީ

ސެމްސަންގްގެ އަންނަން އޮތް ސޮފްޓްވެއަރ އަޕްގްރޭޑް ކަމުގައިވާ ވަން ޔޫއައި 7 ގެ ބީޓާ ވާޝަން ނޮވެމްބަރު މެދުތެރޭގައި ނެރުމަށް ލަފާކުރެވޭ ކަމަށް މަޝްހޫރު ޓިޕްސްޓަރެއް ކަމުގައިވާ އައިސް ޔުނިވަރސް ހާމަކޮށްފިއެވެ. ގޫގުލްގެ އެންޑްރޮއިޑް 15 އަށް ބިނާކޮށް ތައްޔާރުކުރެވޭ ވަން ޔޫއައި 7 ގެ ފުރިހަމަ ވާޝަން 2025 ގެ ކުރީކޮޅު ނެރުމަށް ލަފާކުރެވޭއިރު، އޭގެ ކުރިން ސޮފްޓްވެއަރ ޑިވެލޮޕަރުންނާއި ޝައުގުވެރިވާ ފަރާތްތަކަށް ބީޓާ ވާޝަން ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމަށް ސެމްސަންގުން ކުރިން ވަނީ ނިންމާފައެވެ. […]

ޔޫކޭގެ ކޮންސަވޭޓިވް ޕާޓީއަށް ފުރަތަމަ ފަހަރަށް އަންހެން އަދި ކަޅު ނަސްލުގެ ލީޑަރެއް
Raajje

ޔޫކޭގެ ކޮންސަވޭޓިވް ޕާޓީއަށް ފުރަތަމަ ފަހަރަށް އަންހެން އަދި ކަޅު ނަސްލުގެ ލީޑަރެއް

އިނގިރޭސިވިލާތުގެ ކޮންސަވޭޓިވް ޕާޓީއަށް ފުރަތަމަ ފަހަރަށް އަންހެން އަދި ކަޅު ނަސްލުގެ ލީޑަރަކު އިންތިޚާބުކުރެވިއްޖެއެވެ. ކޮންސަވޭޓިވް ޕާޓީގެ އާ ލީޑަރުކަމަށް ކެމީ ބަޑެނޯ އިންތިޚާބުވެފައިވާއިރު، މިއީ އިނގިރޭސިވިލާތުގެ މައި ސިޔާސީ ޕާޓީއެއްގެ ލީޑަރުކަމަށް އިންތިޚާބުވި ފުރަތަމަ ކަޅު ނަސްލުގެ އަންހެން ބޭފުޅެވެ. މި އިންތިޚާބުގައި ބަޑެނޯ ވާދަކުރެއްވި އެމްޕީ ރޮބަޓް ޖެންރިކްއަށްވުރެ 12،418 ވޯޓު އިތުރަށް ހޯއްދެވިއެވެ. 44 އަހަރުގެ ބަޑެނޯ އަކީ އިނގިރޭސިވިލާތުގައި އުފަންވެ، ނައިޖީރިއާގައި ބޮޑުވެފައިވާ ބޭފުޅެކ...

އީރާނުގެ އިންޒާރެއް އެމެރިކާއާއި އިސްރާއީލަށް "ނިކަމެތިކޮށްލާފަދަ ޖަވާބެއް" ދޭނަން
International

އީރާނުގެ އިންޒާރެއް އެމެރިކާއާއި އިސްރާއީލަށް "ނިކަމެތިކޮށްލާފަދަ ޖަވާބެއް" ދޭނަން

އިރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުއްﷲ އަލީ ޚާމަނާއީ އެމެރިކާއާއި އިސްރާއީލަށް “ނިކަމެތިކޮށްލާފަދަ ޖަވާބެއް” ދޭނެކަމަށް ވިދާޅުވެ ހަރުކަށި އިންޒާރެއް ދެއްވައިފައެވެ. ހޮނިހިރު ދުވަހު ތެހުރާނުގައި ދެއްކެވި ވާހަކަފުޅެއްގައި ޚާމަނާއީ ވިދާޅުވީ، “ދުޝްމަނުން، އެއީ ޒަޔަނިސްޓު ވެރިކަން ކަމުގައިވިޔަސް ނުވަތަ އެމެރިކާ ކަމުގައިވިޔަސް، އިރާނާއި، އިރާނުގެ ރައްޔިތުންނާއި، އަދި އީރާނުގެ އެކުވެރިންނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ނިކަމެތިކޮށްލާފަދަ ޖަވާބެއް ކަށަވަރުންވެސް ލިބޭނެކަން.” އެބައިމީހުންނަށް އެނގެން ޖެހޭނ...

ޗެޓްޖީޕީޓީ އަށް އަމިއްލަ ވެބް ސާރޗް އިންޖީނެއް
International

ޗެޓްޖީޕީޓީ އަށް އަމިއްލަ ވެބް ސާރޗް އިންޖީނެއް

މަޝްހޫރު އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް، ޗެޓްޖީޕީޓީ އަށް އަމިއްލަ ވެބް ސާރޗް އިންޖީނެއް ތަޢާރަފުކޮށްފިއެވެ. މިއީ ގޫގުލްގެ ސާރޗް އިންޖީނާ ވާދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އޯޕެންއޭއައި އިން ތަޢާރަފުކުރި މި އައު ޚިދުމަތަކީ “ޗެޓްޖީޕީޓީ ސާރޗް” އެވެ. މި ޚިދުމަތުގެ ސަބަބުން ޗެޓްޖީޕީޓީ ބޭނުންކޮށްގެން އިންޓަނެޓުން މަޢުލޫމާތު ހޯދުމަށް އައު ގޮތެއް ލިބިގެންދާނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ. އޯޕެންއޭއައި އިން ބުނާ ގޮތުގައި ޗެޓްޖީޕީޓީ އަށް މިހާރު އިންޓަނެޓުން މަޢުލޫމާތު ހޯދުމުގެ ޤާބިލުކަން ވ...

ސައޫދީ އިން ޔޫކްރެއިނަށް 10.4 މިލިއަން ޑޮލަރުގެ އެހީ
International

ސައޫދީ އިން ޔޫކްރެއިނަށް 10.4 މިލިއަން ޑޮލަރުގެ އެހީ

ސަޢޫދީ ޢަރަބިއްޔާގެ އިންސާނީ އެހީގެ އޭޖެންސީ ކޭއެސްރިލީފުން، ޔޫކްރެއިނުގައި ހާލުގައިޖެހި ގެދޮރު ދޫކޮށް ދާންޖެހިފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި 10.4 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ އެހީ ދިނުމަށް އދ. ގެ ރެފިއުޖީންނާބެހޭ ހައި ކޮމިޝަނަރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެހީގެ ދަށުން 11,000 ޝެލްޓަރ ކިޓާއި، 2,400 އަވަސް ހީޓިންގ ކިޓު އަދި ފިނިމޫސުމުގައި ގޭގެ އިންސިއުލޭޓް ކުރުމަށް ބޭނުންވާ އަސާސީ ބިލްޑިންގ މެޓީރިއަލްސް ފޯރުކޮށްދެވޭނެއެވެ. މި އެހީގެ ސަބަބުން ގާތްގަނޑަކަށް 49,000 މީ...

ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާއެއްގައި 14 މަރު
International

ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާއެއްގައި 14 މަރު

ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ މަސްތުންގ ސަރަހައްދުގައި ދިން ބޮމު ހަމަލާއެއްގައި މަދުވެގެން 9 މީހުން މަރުވެ، 23 މީހުން ޒަޚަމްވެއްޖެއެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 5 ސްކޫލް ކުދިން ހިމެނެއެވެ. ހުކުރު ދުވަހު ދެވުނު މި ހަމަލާ އަމާޒުކޮށްފައިވަނީ އަންހެނުންގެ ސްކޫލެއްގެ ކައިރީގައި ޕޯލިއޯ ވެކްސިން ދިނުމުގެ މަސައްކަތް ބަލަހައްޓަމުން ދިޔަ ފުލުހުންނަށެވެ. ސީނިއަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަހްމަތުﷲ ރޮއިޓަރސް ނިއުސް އޭޖެންސީއަށް ވިދާޅުވި ގޮތުގައި ހަމަލާގެ އަމާޒަކަަށްވީ ޕޯލިއޯ ވެކް...