Skip to main content

އަޙްމަދު ދާއޫދު

Viewer
🇲🇻 ތިލަދުން Desk
1,134 Stories
32 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ދާއޫދު

ޓިކްޓޮކް ބަންދުކުރާތީ ކްރިއޭޓަރުން އެހެން ޕްލެޓްފޯމްތަކަށް
International

ޓިކްޓޮކް ބަންދުކުރާތީ ކްރިއޭޓަރުން އެހެން ޕްލެޓްފޯމްތަކަށް

އެމެރިކާގައި ޓިކްޓޮކް ބަންދުކުރާތީ ޓިކްޓޮކްގެ މަޝްހޫރު ކްރިއޭޓަރުންގެ ފޯކަސް އެހެން ޕްލެޓްފޯމްތަކަށް ހުރިކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ސީއެންބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ސަރުކާރުން ދަނީ 19 ޖެނުއަރީ 2025 ގައި ޓިކްޓޮކް އެޕް ބަންދުކުރުމަށް ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް ތައްޔާރުވަމުންނެވެ.  މިކަމާ ގުޅިގެން، މިލިއަނުން މީހުން ބޭނުންކުރާ ޓިކްޓޮކްގެ ކޮންޓެންޓް ކްރިއޭޓަރުން އެމީހުންގެ ފޮލޯވަރުންނަށް ވެސް އެހެން ސޯޝަލް މީޑިއާ އެކައުންޓްތަކަށް ފޮލޯކުރުމަށް ދަނީ ގޮވާލަމުންނެވ...

29،000 އޭކަރަށްވުރެ ބޮޑު ސަރަހައްދެއް އަނދައި އަޅިއަށް
International

29،000 އޭކަރަށްވުރެ ބޮޑު ސަރަހައްދެއް އަނދައި އަޅިއަށް

ލޮސް އެންޖެލަސްގައި މިވަގުތު ގިނަ ސަރަހައްދުތަކެއް އަނދަމުންދާ އަލިފާނުގެ ހާދިސާއިން މިހާތަނަށް 29،000 އެކަރަށްވުރެ ބޮޑު ސަރަހައްދެއް އަނދައި އަޅިއަށްވެއްޖެއެވެ. މިއީ 20،000 ފުޓްބޯޅަ ދަނޑަށްވުރެ ބޮޑު ސަރަހައްދެކެވެ. ގަދަ ވައިގެ ސަބަބުން އަލިފާން އިތުރަށް ފެތުރެމުންދާއިރު، މިވަގުތާ ހަމައަށްވެސް އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި، މިސަރަހައްދުގެ ގިނަ ގޭބިސީތަކުގެ އަލިފާނުގެ އިންޝުއަރެންސް ކުރިން އުވާލެވިފައިވުމާއެކު، ގެދޮރު ގެއްލުނު އާއިލާތަކަށް އެ...

އިސްލާމްދީނަށް ފުރައްސާރަކުރި ލަންކާގެ ހަރުކަށި ބުޑިސްޓަކު ޖަލަށް
International

އިސްލާމްދީނަށް ފުރައްސާރަކުރި ލަންކާގެ ހަރުކަށި ބުޑިސްޓަކު ޖަލަށް

ސްރީލަންކާގެ ހަރުކަށި ބުޑިސްޓް ދީނީ އިސްވެރިއެއް ކަމުގައިވާ ގަލަގޮޑައާތޭ ގްނާނަސާރާ އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނީ ރުޅިވެރިކަން އުފެއްދުމުގެ ކުށް ސާބިތުވެ 9 މަސްދުވަހަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. ކޮލޮމްބޯ މެޖިސްޓްރޭޓް ކޯޓުން މި ޙުކުމް ކޮށްފައިވަނީ، އޭނާ 2016 ވަނަ އަހަރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. ބޯޑު ބަލަ ސޭނާ ކިޔާ ގައުމިއްޔަތުވާދީ ޖަމާއަތުގެ އިސްވެރިއެއް ކަމުގައިވާ ގްނާނަސާރާއަކީ، ކުރިންވެސް މުސްލިމުންނާ ދެކޮޅު އަނިޔާވެރި ޢަމަ...

128 މިލިއަނަށްވުރެ ގިނަ ފަސިންޖަރުން ސަޢޫދީ އެއަރޕޯޓަށް
International

128 މިލިއަނަށްވުރެ ގިނަ ފަސިންޖަރުން ސަޢޫދީ އެއަރޕޯޓަށް

2024 ވަނަ އަހަރު 128 މިލިއަނަށްވުރެ ގިނަ ފަސިންޖަރުން ސަޢޫދީ އެއަރޕޯޓުން ދަތުރުކޮށްފިއެވެ. ރިޔާދުގައި ބޭއްވުނު 15 ވަނަ އެވިއޭޝަން ސެކްޓަރ ސްޓިއަރިންގ ކޮމިޓީގައި ހާމަކުރި ގޮތުގައި، 2024 ވަނަ އަހަރު ސައުދީ އެރޭބިއާގެ އެއަރޕޯޓުތަކުން ދަތުރުކުރި ފަސިންޖަރުންގެ އަދަދު 15 އިންސައްތަ އިތުރުވެ، 128 މިލިއަނަށް އަރާފައިވެއެވެ. މިއީ ކޮވިޑް-19 ކުރިން ހުރި އަދަދަށްވުރެ 24 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2024 ގައި ފްލައިޓްތަކުގެ އަދަދު 11 އިންސައްތަ އިތުރުވެ 902،000 އަށް އަރާފައިވާއިރު، […]

މެލޭޝިއާގެ ދެޑޮކްޓަރަކު ހަ މިލިއަން ރިންގިޓް އިން ޖޫރިމަނާކޮށްފި
International

މެލޭޝިއާގެ ދެޑޮކްޓަރަކު ހަ މިލިއަން ރިންގިޓް އިން ޖޫރިމަނާކޮށްފި

ޑޮކްޓަރުންގެ އިހުމާލުން އަންހެނަކު މަރުވި މައްސަލާގައި މެލޭޝިއާގެ ދެ ޑޮކްޓަރަކު ހަ މިލިއަން ރިންގިޓް އިން ޖޫރިމަނާކޮށްފިއެވެ. މެލޭޝިއާގެ ކްލާންގ ހައިކޯޓުން އިއްޔެ ނިންމި ޙުކުމެއްގައި، 2019 ވަނަ އަހަރު ޝާން ކްލިނިކް އެންޑް ބަރތް ސެންޓަރުގައި ދެވަނަ ދަރިފުޅު ވިހެއުމަށްފަހު ޕުނިތާ މޯހަން ނަމަކަށް ކިޔާ އަންހެނަކު ނިޔާވި މައްސަލާގައި ދެ ޑޮކްޓަރުންނާއި ތިން ނަރުހުންގެ މައްޗަށް ކުށް ސާބިތުވެފައި ވެއެވެ. މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވި ގޮތުގައި، ޑރ. މުނިއާންޑި ޝަންމުގަމް އަދި ޑރ. […]

އަލިފާން ނިއްވަން ދިޔަ ފުލުހުންނަށް ފެނުނީ ކެނެބިސް ދަނޑެއް
International

އަލިފާން ނިއްވަން ދިޔަ ފުލުހުންނަށް ފެނުނީ ކެނެބިސް ދަނޑެއް

އިނގިރޭސިވިލާތުގެ ބްރައިޓަން ސިޓީގައި ހުރި ގެއެއްގައި ރޯވި އަލިފާން ނިއްވުމަށް ދިޔަ ފުލުހުންނަށް އެތަނުން ކެނެބިސް ދަނޑެއް ފެނިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ސިޓީގެ ބީކަންސްފީލްޑް މަގުގައި ހުރި އެޕާޓްމަންޓެއްގައެވެ. އަލިފާނުގެ ހާދިސާ ހިނގި ކަމުގެ މަޢުލޫމާތު ސަލާމަތީ ޚިދުމަތްތަކަށް ލިބުނީ އިއްޔެ ހަވީރު 3:50 ގައެވެ. އަލިފާން ނިއްވުމަށް ދިޔަ ފަޔަރ އޮފިސަރުންނަށް ގެއަށް ވަދެވުނީ ވަރަށް އުނދަގޫކޮށް ކަމަށް ފަޔަރ އޮފިސަރުން ބުނެއެވެ. އަލިފާން ނިއްވުމަށްޓަކައި އެގެ ހުރިމަގު ބަންދުކުރަން ޖެހިފައިވާ...

ޓްރަމްޕާ ބައްދަލުކުރައްވަން ޕުޓިން ތައްޔާރު: ކްރެމްލިން
International

ޓްރަމްޕާ ބައްދަލުކުރައްވަން ޕުޓިން ތައްޔާރު: ކްރެމްލިން

ރަޝިޔާގެ ރައީސް ވްލަޑިމީރު ޕުޓިން، އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ކްރެމްލިންގެ ސްޕޯކްސްޕާސަން ދިމިޓްރީ ޕެސްކޮވް ވިދާޅުވެއްޖެއެވެ. މޮސްކޯގައި ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުކުރެއްވުމެއްގައި، މިފަދަ ބައްދަލުވުމަކަށް ރަޝިޔާއިން އެއްވެސް ޝަރުތެއް ކަނޑައަޅާފައިވޭތޯ އެއްސެވުމުން، ޕެސްކޮވް ވިދާޅުވީ ހަމައެކަނި ދެފަރާތުގެ ޝައުގުވެރިކަން އޮތުން ފުދޭނެ ކަމަށެވެ. “މިކަމަށް އެއްވެސް ޝަރުތެއް ބޭނުމެއް ނުވޭ. ބޭނުންވަނީ ހަމައެކަނި ދެފަރާތުން ވެސް...

ޗައިނާގެ އަންހެނަކު ބަލިވެއިންކަން އެނގުނުތާ ހަތަރު ގަޑިއިރު ތެރޭ ވިހައިފި
International

ޗައިނާގެ އަންހެނަކު ބަލިވެއިންކަން އެނގުނުތާ ހަތަރު ގަޑިއިރު ތެރޭ ވިހައިފި

ޗައިނާގެ ހަންގްޒޯ ސިޓީގައި ދިރިއުޅޭ 36 އަހަރުގެ އަންހެނަކަށް އޭނާ ބަލިވެއިންކަން އެނގުނުތާ 4 ގަޑިއިރު ތެރޭގައި ފިރިހެން ކުއްޖަކު ވިހައިފިއެވެ. ގޮންގް ނަމަކަށް ކިޔާ މި އަންހެނާއަށް ކުރިން ޑޮކްޓަރުން ބުނެފައިވަނީ އޭނާއަކަށް ދަރިއަކު ލިބޭނެ ކަމަށް ނުފެންނަ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގޮސްފައިވަނީ ލޭގެ ޕްރެޝަރ ބޮޑުވެގެން ފަރުވާ ހޯދުމަށެވެ. ނަމަވެސް ޑޮކްޓަރުންނަށް ދެން އެނގުނީ އޭނާ ބަލިވެއިންތާ 34 ހަފްތާ ވެފައި ކަމެވެ. “ޗާއޯ ނިއުސް” އިން ރިޕޯޓު ކުރި ގޮތުގައި، ގޮންގް […]

ޓްރަމްޕް ކުށްވެރިވި ނަމަވެސް އަދަބެއް ނުދިން
International

ޓްރަމްޕް ކުށްވެރިވި ނަމަވެސް އަދަބެއް ނުދިން

އޮރިޔާން ފިލްމްކުޅޭ އަންހެނެއްކަމަށްވާ ސްޓޯމީ ޑޭނިއަލްސްއަށް ފައިސާ ދިން މައްސަލައިގައި އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކުރި ވިޔަފާރި ފްރޯޑްގެ 34 ދަޢުވާއިން ކުށްވެރިވެފައިވާ އިއްޔެ އެމެރިކާގެ ކޯޓުން ނިންމައިފިއެވެ. 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ޓްރަޕް ކުރި މި ޢަމަލު ސާބިތުވަކަމަށް ނިންމިނަމަވެސް އޭނާގެ މައްޗަށް އެއްވެސް އަދަބެއް ނުދޭން ވަނީ ނިންމާފައެވެ. މިގޮތުން ފަނޑިޔާރު ޖުއާން މާޗަން އިއްވި ޙުކުމުގައި، ޖަލު އަދަބެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ  ޕްރޮބ...

އެލްއޭ އަލިފާނުގެ ހާދިސާ: 9000 އަށްވުރެ ގިނަ އިމާރާތް އަނދާ އަޅިއަށްް
International

އެލްއޭ އަލިފާނުގެ ހާދިސާ: 9000 އަށްވުރެ ގިނަ އިމާރާތް އަނދާ އަޅިއަށްް

ލޮސް އެންޖެލަސްގައި މިހާރު ކުރިމަތިވެފައިވާ ޕެލިސޭޑްސް އަދި އީޓަން އަލިފާނުގެ ހާދިސާގެ ސަބަބުން މިހާތަނަށް 10 މީހުން މަރުވެ، 9000 އަށްވުރެ ގިނަ އިމާރާތް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. މި ހާދިސާގެ ސަބަބުން މިހާތަނަށް 130،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ސަލާމަތް ކުރުމަށްޓަކައި އެހެން ސަރަހައްދުތަކަށް ބަދަލުކުރެވިފައިވާއިރު، މި އަލިފާނުގެ ހާދިސާއަކީ އެމެރިކ...

ނަތަންޔާހޫއާ ދެކޮޅަށް އަމުރު ނެރުމުން އައިސީސީއަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު
International

ނަތަންޔާހޫއާ ދެކޮޅަށް އަމުރު ނެރުމުން އައިސީސީއަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީީ) އިން ނެރުމާ ގުޅިގެން، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން އައިސީސީއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ބިލެއް ފާސްކޮށްފިއެވެ. މި ބިލު ފާސްކޮށްފައިވަނީ 243 މެންބަރުން ތާއީދުކުރާކަމަށް ވޯޓުދިނުމާއެކުގައެވެ. ބިލާދެކޮޅަށް ވޯޓްދީފައިވައިވަނީ، 140 މެންބަރުންނެވެ. އަދި އެއް މެންބަރަކު ވަނީ ވޯޓުގައި ބައިވެރިނުވެއެވެ. މި ބިލުގެ ދަށުން، އިންޓަނޭޝަނަލް ކްރިމިނަ...

ޓިކްޓޮކް ގަތުމަށް "ދަ ޕީޕަލްސް ބިޑް" އިން ހުށަހަޅައިފި
International

ޓިކްޓޮކް ގަތުމަށް "ދަ ޕީޕަލްސް ބިޑް" އިން ހުށަހަޅައިފި

އެމެރިކާގެ ލޮސް އެންޖެލެސް ޑޮޖާރސްގެ ކުރީގެ ވެރިޔާ އަދި ވިޔަފާރިވެރިޔާ ފްރޭންކް މެކޯޓްގެ ޕްރޮޖެކްޓް ލިބަރޓީ އަދި “ދަ ޕީޕަލްސް ބިޑް” ގެ ބައިވެރިން ޓިކްޓޮކްގެ އެމެރިކާގެ ވިޔަފާރި ގަތުމަށް ބައިޓްޑާންސްއަށް ރަސްމީ ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުން މިހާރު ހުށަހަޅާފައިވާއިރު، އެމެރިކާގެ ރައީސް ބައިޑެން ސޮއިކުރެއްވި ޤާނޫނެއްގެ ދަށުން، ބައިޓްޑާންސްއިން ޖެނުއަރީ 19 ގެ ކުރިން ޓިކްޓޮކް ވިއްކާލަންޖެހެއެވެ. އެހެންނޫންނަމަ އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާވެގެންދާނެއެވެ. މި ހުށަހެޅުމުގެ އަގު...

ލުބުނާންގެ ސިފައިންގެ އިސްވެރިޔާ އެގައުމުގެ ރައީސަކަށް
International

ލުބުނާންގެ ސިފައިންގެ އިސްވެރިޔާ އެގައުމުގެ ރައީސަކަށް

ލުބުނާންގެ ޕާލަމެންޓުން މިއަދު އެ ޤައުމުގެ ސިފައިންގެ އިސްވެރިޔާ ޖޯސެފް އައުން ރައީސްކަމަށް އިންތިޚާބުކޮށްފިއެވެ. އައުން އެމަޤާމަށް އިސްކޮށްފައި މިވަނީ 2022 ވަނަ އަހަރުން ފެށިގެން ލުބުނާންގެ ރައީސްގެ މަޤާމް ހުސްވެފައި އޮތުމަށްފަހުގައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި 60 އަހަރުގެ އައުންގެ އެމަޤާމަށް އިންތިޚާބު ވުމުން ފާހަގަކޮށްދެނީ އިރާނުގެ ބާރުގަދަ އެހީތެރިޔާ، ހިޒްބުﷲގެ ނުފޫޒު އެގައުމުގައި މިހާރު ދަށްވެފައިވާކަމެވެ. މިއީ އިޒްރޭލާ އެކު ހިނގި ހަނގުރާމައިގައި ހިޒްބުﷲއަށް ލިބުނު ބޮޑު ގެއްލުމާއި، ސީ...

ޗާޑްގެ ރިޔާސީ ގަނޑުވަރަށް ދިން ހަމަލާއެއްގައި 19 މަރު
News

ޗާޑްގެ ރިޔާސީ ގަނޑުވަރަށް ދިން ހަމަލާއެއްގައި 19 މަރު

އެފްރިކާ ބައްރުގެ ގައުމެއް ކަމުގައިވާ ޗާޑްގެ ރިޔާސީ ގަނޑުވަރަށް އިއްޔެ ރޭ ދިން ހަމަލާއެއްގައި 19 މީހަކު މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަމަލާދިން 18  މީހުންނާއި ސިފައިންގެ މީހަކެވެ. މި ހަމަލާ ދިން ވަގުތު ރައީސް މަހަމަތު ދެބީ އިޓްނޯ ހުންނެވީ ގަނޑުވަރުގައި ކަމަށް ޗެޑްގެ ސަރުކާރުން ބުނެފައިވެއެވެ. ސަރުކާރުގެ މީޑިއާއިން މިއަދު ހާމަކުރި ގޮތުގައި މި ހަމަލާގައި 6 މީހުން ހައްޔަރުކުރެވިފައިވާއިރު، ސިފައިންގެ 3 މީހަކަށް ޒަޚަމްތަކެއް ލިބިފައިވެއެވެ. ޗެޑްގެ ފޮރިން މިނިސްޓަރު […]

މެޓާ އާއި އީބޭ ގުޅިގެން އާ ހިދުމަތެއް ފަށަނީ
International

މެޓާ އާއި އީބޭ ގުޅިގެން އާ ހިދުމަތެއް ފަށަނީ

މެޓާ އާއި އީބޭ ގުޅިގެން ފޭސްބުކް މެދުވެރިކޮށް އީބޭއިން އޯޑަރު ކުރެވޭ އާ ޚިދުމަތެއް ފަށަން ނިންމައިފިއެވެ. މެޓާ އިން މިއަދު ހާމަކުރި ގޮތުގައި، ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އީބޭގެ ތަކެތި ގަނެވޭނެ އައު ޚިދުމަތެއް ތަޢާރަފުކުރަން ނިންމާފައިވާއިރު، މި ޚިދުމަތް ފުރަތަމަ ފަށާނީ ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް އަދި އެމެރިކާގައެވެ. މި ޚިދުމަތުގެ ދަށުން، ފޭސްބުކް މާކެޓްޕްލޭސް ބޭނުންކުރާ ފަރާތްތަކަށް އީބޭގައި ހުންނަ ތަކެތި ބަލައި، އީބޭ މެދުވެރިކޮށް އެތަކެތި ގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ސަ...